Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގައުޓަމް އަދަނީ

އޭޝިއާ ބައްރުގެ އެންމެ މުއްސަނދި މީހާގެ މަޤާމު މޯދީގެ އެކުވެރި އަދާނީއަށް

އޭޝިއާ ބައްރުގެ އެންމެ މުއްސަނދި މީހަކަށް އިންޑިއާގެ ބިލިއަނަރު ގައުޓަމް އަދާނީވެއްޖެއެވެ.

އޭގެ ކުރިން އެ މަޤާމުގައި ހުރީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީއެވެ. އުމުރުން 59 އަހަރުގެ އަދާނީ އަކީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.

އޭނާގެ އަދާނީ ގުރޫޕުން، ތަފާތު އެތައް ވިޔަފާރި ކުރިއެވެ. އަދި އޭނާގެ މިލްކިއްޔާތުގައި 88 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އަދާނީގެ މުއްސަނދިކަން އިތުރުވެފައިވަނީ ކޮވިޑު-19 ބަލިމަޑުކަމުގެ ތެރޭގައެވެ. ފާއިތުވި އަހަރު ފެށުނު އިރު އަދާނީގެ މިލްކިއްޔާތުގައި ހުރީ 40 ބިލިއަން ޑޮލަރެވެ. އެހެން ނަމަވެސް އަހަރެއްތެރޭ އޭނާގެ މުއްސަނދިކަން ވަނީ 100 އިންސައްތަ އިތުރުވެފައެވެ.

އޭޝިއާގެ އެންމެ މުއްސަނދި މީހާގެ އިތުރުން މިހާރު އަދާނީ އަކީ ދުނިޔޭގެ 10 ވަނައަށް އެންމެ މުއްސަނދި މީހާއެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމަށް ނަރެންދުރަ މޯދީ އައިފަހުން އަދާނީ ގުރޫޕަށް ސަރުކާރުގެ ތަފާތު ގިނަ މަޝްރޫއުތައްވެސް ވަނީ ދީފައިކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ