Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

4 އަހަރު ކުރިން މިއަދު: ނަޝީދު ގޮވާލެއްވީ އިންޑިއާ ސިފައިން ރާއްޖެ އަރަން

މީގެ 4 އަހަރުކުރިން މިއަދަކީ ދިވެހި ތާރީހުގައިވެސް ރާއްޖޭގެ ރައީސްކަން ކޮށްފައި ހުންނެވި ބޭފުޅަކު ދިވެހިރާއްޖެއަށް ބޭރުގެ ސިފައިންތަކެއް އެރުމަށް ގޮވާލި ހަމައެކަނި ދުވަހެވެ.

2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އާދަޔާ ހިލާފު އަމުރު ތަންފީޒު ނުކޮށްގެން، އޭރު ޤައުމުން ބޭރުގައި ހުންނެވި ރައީސް ނަޝީދު ވަނީ ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވުމަށް ގޮވާލައްވާފައެވެ.

މިގޮތުން 6 ފެބްރުއަރީ 2018 ގެ ހެނދުނު 11:14 ގައި ކުރެއްވި ޓުވީޓެއްގައި ނަޝީދު ވަނީ އިންޑިއާ އިން އެ ޤައުމުގެ ހާއްސަ މަންދޫބެއް، ސިފައިންނާއި އެކު ރާއްޖެއަށް ފޮނުވުމަށް އެދިފައެވެ. އަދި އެމީހުން އައިސް، އޭރު ޖަލުގައި ތިއްބެވި ބައެއް ބޭފުޅުން މިނިވަންކޮށްދިނުމަށް ނަޝީދު ވަނީ އެދިފައެވެ.

އެމްޑީޕީގެ ވަރަށް ގިނަ އިސް ވެރިންނާއި ޕާޓީގެ އެކްޓިވިސްޓުންވެސް ވަނީ ނަޝީދުގެ އެ ގޮވާލުމަށް ތާއީދުކޮށް އެދުވަހު ވާހަކަ ދައްކާފައެވެ. އޭގެ ތެރޭގައި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނެއެވެ.

މީގެ 4 އަހަރު ކުރިން ރައީސް ނަޝީދު ކުރެއްވި ޓުވީޓު.

ނަޝީދާއި އެމްޑީޕީއިން އެދުނު ގޮތަށް އިންޑިއާއިން ރާއްޖެއަށް ސިފައިންނެއް ނުފޮނުވައެވެ. އެކަމާއި އެންމެ ކަންބޮޑުވެގެން އުޅުއްވި އެއްބޭފުޅަކީ އަބްދުﷲ ޝާހިދެވެ، މިގޮތުން އިންޑިއާ ގެ ޓީވީ ޗެނަލްއަކަށް އަރާ، "އަދިވެސް އިންޑިއާއިން ސިފައިން ނުފޮނުވާތީ ކަންބޮޑުވަމޭ" ޝާހިދު ވިދާޅުވިއެވެ.

އދުވަހު ރައީސް ނަޝީދުގެ ގޮވާލުމަށް ތާއީދުކޮށް ޓުވީޓުކުރި ވަރަށް ގިނަ އެމްޑީޕީގެ ފަރާތްތަކަކީ މިއަދުވެސް، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ މައްސަލައެއް ނޫންކަމަށް ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރާ ފަރާތްތަކެވެ.

އެމްޑީޕީއިން ވެރިކަމަށް އައުމަށްފަހު އިންޑިއާ އިން ރާއްޖެއަށް ނުފޫޒު ފޯރުވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ތިބި އިރު ވަރަށް އާދައިގެ ކަންކަމުގައިވެސް ސަރުކާރުން އިންޑިއާގެ ހުއްދަ ހޯދަންޖެހޭ ފަހަރު އާދެއެވެ. މިކަންތައްތަކާއި ދެކޮޅަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އިސްވެ ހުންނަވައި "އިންޑިއާ އައުޓް" ގެ ނަމަުގައި ހަރަކާތެއް ކުރިއަށް ގެންދާއިރު ސަރުކާރުން މިހާރު ދަނީ އެ ހަރަކާތަކީ ޣައިރު ޤާނޫނީ ހަރަކާތަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ