Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ

ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެއް ކަމަށެވެ.

މި ބަލީގައި މިއަދު މަރުވީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 281 އަށް އެރީއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި ވެސް މިހާރު އިންތިހާއަށް ގޯސްވެފައިވާއިރު މާލޭ ސަރަހައްދުންނާއި އަތޮޅުތަކުގެ އިތުރުން ހިންގަމުންދާ ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަ ކަން ފާހަގަކޮށްލެވެއެވެ. ވޭތުވެ ތިޔަ ދުވަސްތަކުގައި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 2000 އިން މަތީގައި އުޅުމަށް ފަހު މި ދެތިން ދުވަހު މިވަނީ ކުޑަކޮށް އަދަދުތައް ދަށްވާން ފަށާފައެވެ.


މިދިޔަ އަހަރުގެ ފަހުކޮޅުގައި ވަރަށް ބޮޑަށް ކޭސްތައް މަދުވެފައިވަނިކޮށް އަހަރު ނިމެންދަނިކޮށް އަނެއްކާވެސް ޕޮޒިޓިވްވާ މީހުން ނިސްބަތުން ގިނަވެ އަތޮޅުތަކުން ވެސް ބަލި ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ގިނަވިއެވެ. އެއާއެކު އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެންނަމުންދާ ރަށްތަކުގެ އަދަދުވެސް މިވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ.
މި ލިއުމާއި ގުޅޭ