Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ދިއްދޫ އަހުމަދު ރަޝީދަށް 55،000 ރުފިޔާ ލިބުނީ ސަރުކާރުން ކުރި ކަމަކުން ނޫން

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސަރުކާރުން މިނިމަމް ވޭޖް ތައާރަފް ކުރުމުގެ ސަބަބުން އައި ހެޔޮ ބަދަލުގެ ވާހަކަ ދައްކަވާފައެވެ.

އަދި އެކަމުގެ ތަފްސީލު ދެއްވަމުން ރައީސް ނެންގެވީ ހއ..ދިއްދޫ އަށް ނިސްބަތްވާ އަހުމަދު ރަޝީދަކީ އާއިލާ އާއި މާދުރުގައި، މެދުރާއްޖެތެރޭގެ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށެވެ.

"ފާއިތުވި 16 އަހަރު އަސާސީ މުސާރައިގެ ގޮތުގާ އޭނާ ގެއަށް ގެންދަން އެންމެ ގިނަވެގެން ލިބުނީ މަހަކަށް 5,600 ރުފިޔާ" ރައީސް ވިދާޅުވިއެވެ.

އެކަމަކު މިނިމަމް ވޭޖްގެ ހެޔޮ ބަދަލާއި އެކު 8000 ރުފިޔާ މިހާރު އަސާސީ މުސަރައަށް ލިބޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސާވިސް ޗާޖާއި އެކު މިދިޔަ ޖެނުއަރީ މަހު 55،000 އަށްވުރެ ގިނަ ރުފިޔާ އޭނާއަށް ގެއަށް ގެންދަން ލިބުނުކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ވިދާޅުވެ ފަހުރުވެރިކަމާއި އެކު ރައީސް ވިދާޅުވީ "ވީ ވައުދަށްވުރެ ވެފައިވާ ގޮތް މާ ރަނގަޅު" ކަމަށެވެ.

ރައީސްގެ މިވާހަކަތަށް އިވިފައި "ދިޔަރެސް" އިން އަހުމަދު ރަޝީދާއި މިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އަހުމަދަށް ޖެނުއަރީ މަހު 55،000 ރުފިޔާ ގެއަށް ގެންދަން ލިބުނެވެ. އެކަމަކު އެއީ ސަރުކާރުން، ވަކި ހާއްސަ ކަމެއްކޮށްގެން ވީކަމެއް ނޫނެވެ.

އަހުމަދު މަސައްކަތް ކުރަނީ ވަން އެންޑް އޮންލީ ރީތި ރަށުގައެވެ. އެ ރިސޯޓަކީ އަބަދުވެސް ސާވިސް ޗާޖުގެ ގޮތުގައި ބޮޑެތި އަދަދުތައް ދިނުމުގައި މަޝްހޫރު ރިސޯޓެކެވެ. ޑިސެމްބަރު އަދި ޖެނުއަރީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ޕީކް ސީޒަނެވެ. އެހެން ކަމުން އެފަދަ ރިސޯޓުތަކުގައި ސާވިސް ޗާޖު އެ މަސްމަހު ބޮޑުވުމަކީ އާދަޔާ ހިލާފު ކަމެއް ނޫނެވެ. އަމުދުން 16 އަހަރު އެ ސިނާއަތުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް އާ ކަމެއްވެސް ނޫނެވެ.

ޖެނުއަރީ މަހު އެ ރިސޯޓުގައި ސާވިސް ޗާޖުގެ ގޮތުގައި 3089 ޑޮލަރު ނޫނީ 47،632 ރުފިޔާ ކޮންމެ މުވައްޒަފަކަށް ދިނެވެ. އޭގެ އިތުރަށް އަސާސީ މުސާރައިގެ ގޮތުގައި ލިބޭ އަދަދު އެއްކުރީމައި 55،000 ވާނެއެވެ. އަހުމަދު ބުނި ގޮތުގައި މީގެ ކުރިން އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ އަސްލުވެސް "ރައީސް ވިދާޅުވި" އަދަދު ކަމަށެވެ. އަދި މިނިމަމް ވޭޖްގެ ސަބަބުން 2000 އެއްހާ ރުފިޔާ އިތުރުވެފައިވާކަމަށް އޭނާ ބުންޏެވެ.

ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރިސޯޓުތަކުގެ ގިނަ މުވައްޒަފުންގެ މުސާރައަށް ހަގީގަތުގައި އައިސްފައިވަނީ ވަރަށް ކުޑަ ބަދަލެކެވެ. ވަރަށް ގިނަ ރިސޯޓުތަކުގައި އެކިއެކި އިނާޔަތްތަކާއި އެކު މިނިމަމް ވޭޖަށް ވުރެ މަތީ މުސާރައެއް ކުރިންވެސް ދެމުން ގެންދިޔައެވެ. މިނިމަމް ވޭޖްގެ މަންފާ ކުރީ، އެ އަދަދަށް އަސާސީ މުސާރައާއި އިނާޔަތްތަކާއި އެކު ނުލިބޭ ފަރާތްތަކަށެވެ.

ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންނަށް ވިސްނައިދެއްވަން މަސައްކަތް ކުރެއްވީ، އަހުމަދު ރަޝީދަށް 55،000 ރުފިޔާ ލިބެން ފެށީ ސަރުކާރުގެ ސިޔާސަތެއްގެ ސަބަބުން ކަމަށެވެ. އަދި އެއީ ދާއިމަށް ކޮންމެ މަހަކު ލިބޭނެ އަދަދެއް ކަމަށް ދައްކަވަން މަސައްކަތް ކުރެއްވިއެވެ. އެކަމަކު އެއީ ހަގީގަތެއް ނޫނެވެ.

މި ލިއުމާއި ގުޅޭ