Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑް މަރު

ކޮވިޑްގައި އިތުރު މަރެއް، މަރުތަކުގެ އަދަދު 279 އަކަށް!

ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި އެއީ ޅ އަތޮޅު ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

ހާލު ދެރަވެ އިއްޔެ މަރުވި އެ މީހާ އަކީ އުމުރުން 83 އަހަރުގެ އަންހެނެއް ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 279 އަކަށް އެރީއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި ވެސް މިހާރު އިންތިހާއަށް ގޯސްވެފައިވާއިރު މާލޭ ސަރަހައްދުންނާއި އަތޮޅުތަކުގެ އިތުރުން ހިންގަމުންދާ ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 2000 އިން މަތީގައި އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައި ވަރަށް ބޮޑަށް ކޭސްތައް މަދުވެފައިވަނިކޮށް އަހަރު ނިމެންދަނިކޮށް އަނެއްކާވެސް ޕޮޒިޓިވްވާ މީހުން ނިސްބަތުން ގިނަވެ އަތޮޅުތަކުން ވެސް ބަލި ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ގިނަވިއެވެ. އެއާއެކު އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެންނަމުންދާ ރަށްތަކުގެ އަދަދުވެސް މިވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ.

މި ލިއުމާއި ގުޅޭ