Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުނގޫފާރު

އުނގޫފާރު ޓާޝިއަރީ ހޮސްޕިޓަލް ތާވަލާއި އެއްގޮތަށް ނުނިމުނީ ކޮވިޑު-19 ގެ ސަބަބުންކަމަށް ބުނެފި

ރ. އުނގޫފާރު ޓާޝަރީ ހޮސްޕިޓަލުގެ އިމާރާތް ކުރުމުގެ މަސައްކަތްތައް މި މަހުގެ ނިޔަލަށް ނިންމައިލެވޭނެކަމަށް އުނގޫރާރު ރީޖަނަލް ހޮސްޕިޓަލް (އޫއާރްއެޗް)އިން ބުނެފިއެވެ.

އަތޮޅުގެ ގިނަ ރަށްތަކާއި ކައިރި އަތޮޅުތަކުގެ ރަށްތަކުންވެސް ހޮސްޕިޓަލުގެ ހިދުމަތް ހޯދަމުން އަންނަ އުނގޫފަރުގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އެބުރުއަރީ މަހުގެ ތެރޭގައެވެ. ހަތް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ އެ މަސައްކަތް ނިމޭނެކަމަށް އޭރު ލަފާކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހެވެ.

ޓާޝަރީ ހޮސްޕިޓަލުގެ މަސައްތާއި ގުޅިގެން ޔޫއާރްއެޗްގެ މެނޭޖަރުއިބްރާހިމް ޒަޔާން "ދިޔަރެސް"އަށް ވިދާޅުވީ އެ މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ސީލިން ލުމާއި ޓައިލްސް ޖެހުންފަދަ އިމާރާތުގެ އެތެރޭގެ ފިނިޝިންގެ މަސައްކަތް ކަމަށެވެ. ޒަޔާން ވިދާޅުވީ މިހާރު އެންމެ ބޮޑަށް ތައްޔާރުވަމުން ދަނީ އިމާރާތުގެ ބޭރުގެ ކްލެޑިން މަސައްކަތް ކުރުމަށް ކަމަށާއި އެ މަސައްކަތަށް ބޭނުންވާ ކްއެރިން މިހާރު ގެނެސްފައިވާކަމަށެވެ.

ޒަޔާން ވިދާޅުވީ އުނގޫފާރު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ނިންމަން ދިން ތާރީހަށް ނުނިންމުނީ ކޮވިޑާއި ގުޅިގެން ރަށް މޮނީޓަރިންނަށް ލުންފަދަ ކަންކަމުގެ ސަބަބުން ދިމާވި ދަތިތަކުގެ ސަބަބުންނާއި އަދިވެސް އެހެނިހެން ސަބަބުތަކާއިއެކު ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ އެ ހޮސްޕިޓަލުގެ އިމާރާތްކުރުމަށް ބޭނުންވާ ބައެއް ތަކެއްޗަކީ ސީދާ ރާއްޖެއިން ބޭރުން ސަޕްލައިކުރާ ތަކެތިކަމަށްވާއިރު ކޮވިޑާއި ގުޅިގެން އެކަމަށްވެސް ދަތިތައް ކުރިމަތިވިކަމަށެވެ. އޭގެއިތުރަށް އިމާރާތްކުރުމުގެ ބައެއް ކަންކަމަށް މިނިސްޓްރީގެ ހާއްސަ އެޕްރޫވަލްއެް ބޭނުންވާކަން ފާހަގަކުރައްވާ ޒަޔާން ވިދާޅުވީ އެޕްރޫވަލް ލިބުމަށް ލަސްތަކެއް ކުރިމަތިވުންވެސް އެއީ ހޮސްޕިޓަލްގެ މަސައްކަތް ތާރީހަށް ނުނިންމުނު ސަބަބެއްކަމަށެވެ.

ޒަޔާން ވިދާޅުވީ ވަރަށް ފަހުންވެސް އުނގޫފާރު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތު ސައިޓުން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީނުކުރި ކަމަށާއި އެފަދަ ކަންކަމާއި ހެދީ މަސައްކަތަށް ލަސްތަކެއް އައިކަމަށެވެ.

ޒަޔާން ވިދާޅުވިގޮތުގައި އެއްވެސް ޑިލޭއެއް ނައިސް މިހާރު މަސައްކަތް ކުރިއަށްދާގޮތަށް ދާނަމަ މުޅި ހޮސްޕިޓަލުގެ އިމާރާތްކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައިލެވޭނެއެވެ.

މީގެއިތުރުން ހޮސްޕިޓަލުގެ މަސައްކަތް ފެބުރުއަރީގެ ނިޔަލަށް ނިމުނު ނަމަވެސް މަޝު މަހު ހޮސްޕިޓަލު ބޭނުންކުރަން ނުފެށިދާނެކަން ފާހަގަކުރައްވާ ޒަޔާން ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލުން މިހާރު ދެމުން އަންނަ ބައެއް ހިދުމަތްތައް އާ ހޮސްޕިޓަލަށް ބަދަލުކުރުމާއި އެފަދަ ކަންކަމަށް ވަގުތު ނަގާނެއެވެ.

ފާހަގަކުރެވޭގޮތުގައި އުނގޫފާރު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތަކީ 72 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. އެ މަޝްރޫއުގައި އެ ހޮސްޕިޓަލުގެ ފުރަތަމަ ފްލޯގައި 10 އެނދުގެ އިމަރޖެންސީ ރޫމަކާއި، ރޭޑިއޮލޮޖީ ޑިޕާޓްމެންޓެއް ގާއިމްކުރަން ހަމަޖެހިފައިވާއިރު އައު ލެބޯޓްރީއެއް ގާއިމްކުރުމާއި، ދެ ކޮޓަރީގެ އޮޕަރޭޝަން ތިއޭޓަރެއްވެސް ގާއިމުކުރާނެއެވެ.

ދެވަނަ ފަންގިފިލާގައި ފިޒިއޯތެރަޕީގެ ޚިދުމަތްތަކާއި، ނުވަ ޕްރައިވެޓް ކޮޓަރި ގާއިމްކުރުމަށް ހަމަޖެހިފައި ވާއިރު މިޣެ ކުރިން ހެލްތް މިނިސްޓަރު ނަސީމް ވިދާޅުވީ އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުތަކުގެ ތެރެއިން އެއް ތިއޭޓަރު، ކަށީގެ އޮޕަރޭޝަންތަކަށް ޚާއްސަ ކުރާނެކަމަށާއި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމާއި، އެކްސްރޭގެ ޚިދުމަތް ފެށުމާއި، މެމޮގްރަފީ ޚިދުމަތުގެ އިތުރުން އަލްޓްރާސައުންޑް ސްކޭންގެ ޚިދުމަތާއި، އެމްއާރުއައިގެ ޚިދުމަތްވެސް ފެށޭނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ