Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑް މަރު

އިތުރު މީހަކު ނިޔާވެ ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 278 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 73 އަހަރުގެ ލަންކާ ފިރިހެނަކު ރޭ ދަންވަރު 3:04 ހާއިރު ނިޔާވެފައިވާކަމަށެވެ.

އެޗްޕީއޭއިން ބުނިގޮތުގައި އެއީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 278 ވަނަ މީހާއެވެ.

ފާހަގަކުރެވޭގޮތުގައި ރާއްޖެއިން މިފަހަކަށް އައިސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން މިފަހަކަށް އައިސް ދުވާލަކު ރާއްޖެއިން 2،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވަމުން އަންނަ އިރު އިއްޔެ އެކަނިވެސް 2180 މީހަކަށް ވަނީ މިބަލި ޖެހިފައިވެއެވެ. މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު 17،743 އަށް އަރާފައިވާއިރު ހޮސްޕިޓަލުތަކުގައި އެޑްމިޓު ކޮށްގެން 63 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މި ލިއުމާއި ގުޅޭ