Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޙުސައިން ޝިޔާން

"ކުރިން 2000 ޑޮލަރު ލިބުން ކުދިންނަށް މިއަދު ސާވިސް ޗާޖަށް 5000 ޑޮލަރު ލިބޭ"

މިނިމަމް ވޭޖާއެކު ކުރިން 2،000 ޑޮލަރު ލިބުން ރިސޯޓު މުވައްޒަފުންނަށް މިއަދު ސާވިސް ޗާޖުގެ ގޮތުގައި 5،000 ޑޮލަރު ލިބޭކަމަށް މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވިދާޅުވެއްޖެ އެވެ.

ށ.ކޮމަންޑޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާން ވިދާޅުވީ މި ސަރުކާރުން އެންމެ ކުޑަ އުޖޫރު ކަނޑައަޅައި އެ ބަދަލު ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. އެއާއެކު ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން މީގެ ކުރިން އެންމެ ދަށް މުސާރައެއްގެ ގޮތުގައި ރިސޯޓުތަކުގައި ސާވިސްޗާޖުގެ ގޮތުގައި 200 ޑޮލަރު ލިބުނު ކުދިންނަށް މިއަދު 400 ޑޮލަރުން މަތިން ލިބޭކަމަށް އޭނާ ވިދާޅުވި އެވެ. އަދި "މީގެ ކުރިން 2000 ޑޮލަރު ލިބުން ކުދިންނަށް މިއަދު ސާވިސް ޗާޖުގެ ގޮތުގައި 5،000 ޑޮލަރު ލިބޭނެ" ކަމަށް ޝިޔާން ވިދާޅުވި އެވެ.

އެންމެ ކުޑަ އުޖޫރު، ނުވަތަ މިނިމަމް ވޭޖު ދޭންފެށީ މިދިޔަ ޖެނުއަރީ މަހު އެވެ. ބޮޑެތި ވިޔަފާރިތަކުން މިނިމަމް ވޭޖުގެ ގޮތުގައި ގަޑި އިރަކު ދޭންޖެހެނީ 38.46ރ. އެވެ. އެހެންކަމުން މިނިމަމް ވޭޖާއެކު ރިސޯޓު މުވައްޒަފުންގެ އަސާސީ މުސާރަ އިތުރުވާނީ 8،000 ރުފިޔާއަށެވެ. މިނިމަމް ވޭޖުގައި ސާވިސް ޗާޖު ފަދަ އެލަވަންސަތަކެއް ނުހިމެނޭނެ އެވެ.

މިނިމަމް ވޭޖާއެކު ރިސޯޓު މުވައްޒަފުންގެ ސާވިސް ޗާޖު 5،000 ޑޮލަރަށް އިތުރުވެފައިވާ ކަމަށް ޝިޔާން ރޭ ވިދާޅުވެފައި ވާއިރު، އޭނާ މީގެ ކުރިން ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް 20 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދީފައިވާކަމަށް ވިދާޅުވެ އިތުރުފުޅުވެސް ހައްދަވައިފަ އެވެ.

މި ލިއުމާއި ގުޅޭ