Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑް މަރު

ނައިފަރުން މީހަކު ނިޔާވެ ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 275 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު ނިޔަވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނީ ޅ. ނައިފަރު ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 60 އަހަރުގެ ދިވެހި އަންހެނަކު އިއްޔެ ހެނދުނު 8:05 ހާއިރު ނިޔާވި ކަމަށެވެ.

އެޗްޕީއޭއިން ބުނިގޮތުގައި އެއީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 275ވަނަ މީހާއެވެ.

ރާއްޖެއިން މިފަހަކަށް އައިސް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވަމުން އަންނައިރު ދުވާލަކު ރާއްޖެއިން 2،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއެވެ. މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު 17،589 އަށް އަރާފައިވާއިރު ހޮސްޕިޓަލުތަކުގައި އެޑްމިޓު ކޮށްގެން 53 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މި ލިއުމާއި ގުޅޭ