Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާރިޔާ ދީދީ

މާރިޔާގެ ދަރިކަލުން ޔޫކޭއިން ގިނަ އަދަދަކަށް ގެ ބައްލަވައިގަތީ ހިތްމަތާއި އެކު މަސައްކަތްކޮށްގެން: ނައުޝާދު

ޑިފެންސް މިނިސްޓަރުގެ ދަރިކަލުން އައްފާން އަބްދުއްސައްތާރު އިނގިރޭސިވިލާތުން ގިނަ އަދަދަކަށް ގެ ބައްލަވައިގަތީ ހިތްމަތާއި އެކު މަސައްކަތްކޮށްގެން ކަމަށް ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ސަފީރު ނައުޝާދު ވަހީދު ވިދާޅުވެއްޖެއެވެ.

މާރިޔާގެ ދަރިކަލުންގެ ނަމުގައި ލަންޑަނުގައި ހުރި 30 މިލިއަން ރުފިޔާގެ އަގުހުރި ގެއާއި ގުޅޭގޮތުން "ދިޔަރެސް" އިން މާރިޔާ އާއި ކުރި ސުވާލު މާރިޔާ ޓުވިޓަރގައި އާންމު ކުރެއްވުމުން، ނައުޝާދު ވަނީ މާރިޔާ އާއި އާއިލާގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.

މިގޮތުން އިނގިރޭސިވިލާތުގައި އައްފާނު އަމިއްލަކުރާ ހުންނަނީ 1، 2 ނޫނީ އަދި 3 ގެ އެއްވެސް ނޫންކަމަށް ނައުޝާދު ވިދާޅުވިއެވެ.

"ﷲ ގެ ވާގިފުޅާއި އެކު ހިތްމަތާއި އެކު މަސައްކަތް ކުރާ ދަރިއަކަށް މުސްތަޤުބަލު އުޖާލާވެފަ އަތްމަތި ތަނަވަސްވާނެ. ވައްކަން ކުރާކަށް ނުޖެހޭނެ" ނައުޝާދު ވިދާޅުވިއެވެ.

އަދި އައްފާނަކީ މިސާލީ ދިވެހި ދަރިއެއް ކަމަށާއި އެއްވެސް މީހަކު ހިތްބަރު ނުކުރަމަށް ނައުޝާދު އެދިލައްވާފައިވެއެވެ.

ނައުޝާދު މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް މާރިޔާ އާއި އާއިލާގެ އެސެޓްތައް ޓްރޭސްކުރުމަށް "ދިޔަރެސް" އިން ހަވާލުކުރި ކުންފުނިން ބުނެފައިވާ ގޮތުގައި މިހާތަނަށް ބެލިބެލުމުން އައްފާނުގެ ނަމުގައި މީގެ ކުރިންވެސް އިނގިރޭސިވިލާތުން ގެދޮރު ގަނެފައި ވިއްކާފައި ހުރިކަން ފެންނަން ހުރި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ގެތައް ގަނެފައިވަނީ އޭނާގެ އުމުރުން ވަރަށް ހަގު އިރުގައި ކަމަށާއި އެހެން ކަމުން އެއީ އައްފާނު އަމިއްލަ މަަސައްކަތެއްކޮށްގެން ހޯދި ފައިސާއިން ގަނެފައިވާ ގެތައް ކަމަށް ނުބެލެވޭ ކަމަށެވެ. މީގެ ތެރެއިން ބައެއް މުއާމަލާތްތައް ހިންގާފައިވަނީ ބްރިޓިޝް ވާޖިން އައިލޭންޑްސް އާއި ބަހާމާސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ނަމުގައެވެ.

މި ލިއުމާއި ގުޅޭ