Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސާވިސް ޗާޖު

ވެލާ، އިތާފުށި އަދި ސޮނެވާގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ބައި ލައްކަ ރުފިޔާ

ވެލާ ޕްރައިވެޓް އައިލެންޑާއި ވަލްޑޯފް އެސްޓޯރިއާ އިތާފުށި، އަދި ސޮނެވާ ޖާނީން މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ބައި ލައްކަ އަށްވުރެ ގިނަ ރުފިޔާ ދީފި އެވެ.

ސާވިސްޗަޖުގެ މައުލޫމާތު ހިއްސާކުރާ ޕޭޖުތަކުގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ވެލާ އައިލެންޑު ރިސޯޓުންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 3،660 ޑޮލަރު (56،547 ރ.) ސާވިސް ޗާޖުގެ ގޮތުގައި ވަނީ ދީފަ އެވެ.
ދެވަނަ އަށް އެންމެ ބޮޑު ސާވިސްޗާޖެއް ދިނީ އިތާފުށި ރިސޯޓުންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 3،320 ޑޮލަރު ލިބުނެވެ. އެއީ 51،295 ރުފިޔާ އެވެ. އަދި ތިނަ ވަނައިގައި އޮތް ސޮނެވާނެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 3،253.64 ޑޮލަރު (50،268 ރ.) ވަނީ ދީފަ އެވެ.
މީގެ އިތުރުންވެސް ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 3089 ޑޮލަރު (47،725 ރ.) ސާވިސް ޗާޖުގެ ގޮތުގައި ލިބިފައި ވާއިރު ގިނަ ރިސޯޓުތަކުގެ މި މަހުގެ ސާވިސް ޗާޖު ހުރީ 1،000 ނުވަތަ 2،000 ޑޮލަރުން މަތީގަ އެވެ.
އާ އަހަރާ ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވާތީ ކޮންމެ ޖެނުއަރީ މަހެއްގައިހެން ރިސޯޓު މުވައްޒަފުންނަށް ސާިސްޗާޖުގެ ގޮތުގައި ބޮޑު އަދަދެއް ލިބެ އެވެ.
މި ލިއުމާއި ގުޅޭ