Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަރު ކޮމިޝަން

ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއާ މަރު ކޮމިޝަނުން ސުވާލުކޮށްފި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ސުވާލު ކުރައްވައިފިއެވެ.

އަބްދުﷲ ދީދީއާ ސުވާލު ކުރުމަށް މަރު ކޮމިޝަނުގެ ޓީމެއްގެ އިތުރުން ފުލުހުންގެ ޓީމަކުން ވެސް ވަނީ ބައިވެރިވެފައެވެ. އަބްދުﷲ ދީދީ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ މެލޭޝިޔާގައެވެ.

ދާދިފަހުން މަރު ކޮމިޝަނުގެ ޓީމެއް މެލޭޝިޔާ އަށް ވަނީ ގޮސްފައެވެ. ފުލުހުންގެ ޓީމުގައި އިސްކޮށް ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒެވެ. މެލޭޝިޔާ އަށް ކުރި ދަތުރުގައި އަބްދުﷲ ދީދީގެ އިތުރުން އެހެން މީހަކާ ވެސް ސުވާލު ކުރި ކަމަށްވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުނުއިރު އަބްދުﷲ ދީދީ ހުންނެވީ ކްރިމިނަލް ކޯޓުގައެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމަށް އަމުރު ނެރުނީ ވެސް އަބްދުﷲ ދީދީއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަބްދުﷲ ދީދީގެ މައްސަލަ ބަލާ އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ނިންމި ނިންމުމުގައި ބުނެފައި ވަނީ، ރިލްވާންގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލަން އަބްދުﷲ ދީދީ އަމުރުކުރީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ އެންގުމަކަށް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މި ލިއުމާއި ގުޅޭ