Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

އިންޓަނެޓު މައްސަލަ ދިމާވެގެން އާތިފްގެ ޝަރީއަތް ކެންސަލްވެއްޖެ

އޮންލައިންކޮށް މިއަދު ތާވަލު ކޮށްފައި އޮތް މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން، އިންޓަނެޓުގެ މައްސަލައެއް ދިމާވެގެން ކެންސަލް ވެއްޖެއެވެ.

އެ މައްސަލަ ތާވަލު ކޮށްފައި އޮތީ މިއަދު ހެނދުނު 9:00ގައެވެ. ނަމަވެސް އަޑުއެހުން ފެށޭވަރުވީ މިއަދު ހެނދުނު 10:30ހާއިރުއެވެ. އޭގެފަހުންވެސް އެކިއެކި މައްސަލަތައް ދިމާވިއެވެ. އެގޮތުން މައިކުން އަޑު ނައުމާއި އިންޓަނެޓުގެ މައްސަލަތައް ދިމާވެ އަޑުއެހުން ކުރިޔަށް ނުގެންދެވޭނެކަން 11:10 ހާއިރު ކޯޓު އޮފިސަރު ވަނީ އަންގައިފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާގެ މަގާމުގައި ހުންނަވައި އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ޝައްކު ކުރެވޭ މުއާމަލާތްތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރާ ކަމަށް ބުނެ އާތިފްގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރި އެމްއެމްޕީއާރްސީ ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވި ނަމަވެސް އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ، އޭރުގެ ފައިނޭންސަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާގެ އެންގުމަށް ކަމަށެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމުން އާތިފް ވަނީ 2015ވަނަ އަހަރުގެ ޖޫން މަހު އިސްތިއުފާ ދެއްވައިފައެވެ. އާތިފް އޭރު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ އެފްއައިޔޫގައި އޭރު ހިނގަމުން ދިޔަ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވޭނެ ކަމުގެ ޔަގީންކަން ލިބުމުން އެފަދަ މަގާމެއްގައި ހުންނަން ބޭނުން ނުވާތީ ކަމަށެވެ.

މި ލިއުމާއި ގުޅޭ