Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތާރީޚު

މީގެ 77 އަހަރުކުރިން ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ގެއްލުނު މަތިންދާބޯޓެއް ފެނިއްޖެ

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ގެއްލުނު މަތިންދާބޯޓެއް އިންޑިއާގެ ހިމާލިޔާ ސަރަހައްދުން ފެނިއްޖެއެވެ.

ސީ-46 މަރުކާގެ މި މަތިންދާބޯޓު ގެއްލިފައިވަނީ 1945 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޗައިނާގެ ކުންމިންގް އިން ފުރައިގެން ދަނިކޮށެވެ. އެ ބޯޓުގައި 13 މީހުން ދަތުރުކުރިއެވެ.

އޭގެ އެތައް އަހަރެއްފަހުން އެ މަތިންދާބޯޓު ހޯދުމުގެ މަސައްކަތް އެމެރިކާގެ ކްލޭޓަން ކޫލްސް އާއި ހަވާލުކުރީ އެ މަތިންދާބޯޓުން ދަތުރު ކުރި މީހެއްގެ ދަރިއެކެވެ.

ކްލޭޓަން އާއި އޭނާގެ ޓީމު އެ މަތިންދާބޯޓު ހޯދަން އެތައް މަހަކު މަސައްކަތް ކުރަން ޖެހުނެވެ. އަދި އެ މަސައްކަތުގެ ތެރޭގައި 3 މީހުން މަރުވިއެވެ. މި މަތިންދާބޯޓު ފެނިފައިވަނީ ފާއިތުވި ޑިސެމްބަރު މަސް ތެރޭގައެވެ. އަދި އެއީ ގެއްލުނު މަތިންދާބޯޓުކަން ދެނެގަނެވިފައިވަނީ މަތިންދާބޯޓުގެ ޓެއިލް ނަންބަރު ބަލައިގެންނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ގިނަ އަދަދަކަށް މަތިންދާބޯޓާއި، ކަނޑުބޯޓު މިގޮތަށް ގެއްލިފައިވެއެވެ. އޭގެ ތެރެއިން ބައެއް ބޯޓުތައް އޭގެ އެތައް އަހަރުތަކެއްފަހުން ފެނިފައިވެސް އެބަހުއްޓެވެ.

މި ލިއުމާއި ގުޅޭ