Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔާމީން ރަޝީދު

ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާ ސާބިތުވި މީހުން ޖަލުގައި ގިނަވެގެން ތިބެން ޖެހޭނީ 20 އަހަރު

ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން އުފުލި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވި މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލް އުމުރަށް ޖަލަށް ލުމަށާއި 1.3 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެހެން ނަމަވެސް، ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރެވެ. މި ދެމީހުންވެސް ވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި އަދި ޝަރީއަތުގެ މަރުހަލާގައި މުޅި އެކު 4 އަހަރާއި 8 މަހާއި 11 ދުވަސް ޖަލުގައި ހޭދަކޮށްފައެވެ. އެހެން ކަމުން ދެން މި ހުކުމުގައި ބާކީ އޮންނާނީ 20 އަހަރާއި 3 މަހާއި 19 ދުވަހެވެ.

މިއަދުގެ ޝަރީއަތުގައި މި ދެމީހުންގެ މައްޗަށްވެސް މަރުގެ ހުކުމް އިއްވޭނެ ކަމަށް ކަނޑައަޅާފައެވެ. އެހެން ނަމަވެސް ޔާމީންގެ ވާރިސުންގެ ތެރޭގައި ހިމެނޭ އޭނާގެ މަންމަ މަރުގެ އަދަބު ދޭން ބޭނުން ނުވާތީ އެ ހުކުމް ނީއްވައެވެ. އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ހުރިހާ ވާރިސުންވެސް ޤިސާސް ހިފުމަށް ތާއީދު ކުރަން ޖެހޭނެއެވެ.

އެ ދެމީހުންވެސް ހުކުމް ތަންފީޒުކޮށް މިނިންވަން ވާނީ 2042 ވަނަ އަހަރުގެ ތެރޭގައެވެ.

މީގެ ކުރިންވެސް ރާއްޖޭގައި އުމުރު ދުވަހުގެ ހުކުމް ކޮށްފައި ތިބި ބައެއް ފަރާތްތަށް ހުކުމް ތަންފީޒުކޮށް ނިމިގެން ނޫނީ ޕެރޯލްގެ ދަށުން މިނިވަންވެފައި އެބަހުއްޓެވެ.

މި ލިއުމާއި ގުޅޭ