Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއޭސީއެލް

އެމްއޭސީއެލް މުވައްޒަފުންނަށް ބޯނަސް ނުލިބޭތާ ދެ އަހަރުވެއްޖެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގައި މަސައްކަތް ކުރާ އެކުންފުނީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ފައިސާ ނުލިބޭތާ ދެ އަހަރުވެއްޖެއެވެ.

އެންމެ ފަހުން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސް ލިބިފައި ވަނީ 2019ވަނަ އަހަރުއެވެ.

އެމްއޭސީއެލް އިން ބުނެފައި ވަނީ ކޮވިޑްގެ ސަބަބުން ބޯޑަރު ބަންދު ކުރުމުން އެކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެން ދިޔަ ކަމަށެވެ. އެކަމަކު ވެސް މުވައްޒަފުންގެ މުސާރަތައް ކުޑަ ނުކޮށް ހުރިހާ މުވައްޒަފުންނަށް މުސާރަ ދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މުވައްޒަފުންނަށް ބޯނަސް ނުދެވި އޮތީ ކުރިމަތިވި މާލީ ދަތިކަމުގެ ސަބަބުން ކަމަށެވެ.

ތިންހާހަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ އެމްއޭސީއެލް އިން 2019ވަނަ އަހަރު ބޯނަސް ދިންއިރު މުވައްޒަފުންނަށް 8،000 ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ ބޯނަސް ދިނުމާ ގުޅޭ ގޮތުން އެމްއޭސީއެލް އިން އަދި ގޮތެއް ނުނިންމައެވެ. އާއްމުކޮށް އެކުންފުނީގެ ބޯޑުން އެކަމަށް ގޮތެއް ނިންމަނީ އަހަރުގެ ދެވަނަ ކުއާޓަރުގައެވެ.

މި ލިއުމާއި ގުޅޭ