Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ

މިދިޔަ ދެ އަހަރަކީ ވަރަށް ކާމިޔާބު ދެ އަހަރު، މަސައްކަތް ކުރާނީ އެ ކާމިޔާބީ ދަމަހައްޓަން: ތައްޔިބު

މިދިޔަ ދެ އަހަރަކީ ވަރަށް ކާމިޔާބު ދެ އަހަރު ކަމަށާއި މަސައްކަތްކުރާނީ މިހާރު ލިބިފައިވާ ކާމިޔާބީތައް ދެމެހެއްޓުމަށްކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ. ޖެހިޖެހިން ދެ އަހަރު ރާއްޖެއަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ލިބިފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން "ރާއްޖެޓީވީ"ގެ ޕްރޮގްރާމްގެއްގައި ވާހަކަދައްކަވަމުން ތައްޔިބު ވިދާޅުވީ, ކާމިޔާބެއް ލިބުމަށްފަހު ކާމިޔާބު ދެމެހެއްޓުމަކީ އެންމެ އުނދަގޫ ކަންތައްކަމަށާއި ކޮވިޑްގެ އެންމެ ދަތި އުނދަގޫ ދުވަސްވަރު ރާއްޖެއަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން ލިބުމަކީ މާކެޓިންއަށް ލިބުނު ވަރަށް ބޮޑު ބާރެއްކަމަށެވެ. އެ އެވޯޑް ބޭނުންކޮށްގެން ރާއްޖެއިން އިޝްތިހާރުކުރަމުންދިޔައީ ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތަކީ މިދަނޑިވަޅަށް އެންމެ ރަނގަޅު ގޮތްކަމަށް ކިޔައިދީގެންކަން ތޮއްޔިބު ފާހަގަކުރައްވާފައިވެއެވެ.

ތޮއްޔިބު ވިދާޅުވީ ރާއްޖެއަށް ލިބިފައި ހުރި އެހެން އެވޯޑްތަކުގެ ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރުކުރުމުގައި މުހިންމު ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް 2020 ވަނަ އަހަރާ ޚިލާފަށް 2021 ވަނަ އަހަރު ފާހަގަވީ ވަރަށް ވާދަވެރި އަހަރެއްގެ ގޮތުގައިކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

އެމްއެމްޕީއާރްސީގެ މި މަސައްކަތުގެ ފަހަތުގައި ވަނީ ހަމަ އެކަނި އެ ކުންފުނީގެ މަސައްކަތް ނޫންކަން ފާހަގަކުރައްވާ ތޮއްޔިބު ވިދާޅުވީ އެ މަސައްކަތުގެ ފަހަތުގައި އެތައް ބަޔަކު ޝާމިލުވާކަމަށާއި އެއީ އެތައް ބަޔަކު ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމަށެވެ.

އެމްއެމްޕީއާރްސީގެ މަސައްކަތްތަކުގެ ވާހަކަ ވިދާޅުވަމުން ތައްޔިބު ވިދާޅުވިގޮތުގައި މާކެޓް ކުރުމުގައި އަބަދުވެސް ބަލަނީ އެ ސިނާއަތަށް އެ ވަގުތު އެންމެ ބޭނުންވަނީ ކޮންކަމެއްތޯކަމަށެވެ.

އެގޮތުން ތޮއްޔިބު ވިދާޅުވީ އެފަދައިން މަސައްކަތްތައް ބައްޓަންކޮށް ކުރެވުނު މަސައްކަތުން ކޮވިޑްގެ ދަތި އުނދަގޫ ދަނޑިވަޅެއްގައި ރާއްޖެއިން ފަތުރުވެރިކަމުގައި މުހިންމު ކާމިޔާބީއެއް ހޯދާފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ