Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

އުސްތާޛު ފަތުހީއަށް ކޮމަންޑޫގައި ވަރަށް ބޮޑު ތާއީދެއް އެބައޮތް: އާދަމް ޝަރީފު

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ޤާނޫނީ ވަކީލު އަލްއުސްތާޛު މޫސާ ފަތުޙީ އާދަމަށް ކޮމަންޑޫގައި ވަރަށް ބޮޑު ތާއީދެއް އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިވަގުތު ހުންނެވީ ކޮމަންޑޫގައި ޕީޕީއެމްގެ ލީޑާޝިޕުގެ ޓީމަކާއެކުއެވެ. އެ ޓީމު އެ ރަށަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

އަދި މިއަދު އެ ޓީމުން އެ ރަށުގެ ގެތަކަށް ޒިޔާރަތްކުރި ކުރުމުން މިހާތަނަށް ފެނުނީ ކޮމަންޑޫގެ އާއިލާތައް ތިބީ ވަރަށް ބޮޑަށް އެކަތިގަނޑެއްގެ ގޮތުގައި ޕީޕީއެމްގެ ކެނޑިޑޭޓު މޫސާ ފަތުހީގެ ފަހަތްޕުޅުގައި އޭނާއަށް ތާއީދުކުރައްވައިގެންކަން ފާހަގަކުރެއްވުނު ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އިންތިޚާބާ ދިމާކޮށް ސަރުކާރުން ކުންފުންޏެއް ކަމުގައިވާ ފެނަކައިން ގިނަ އަދަދަކަށް ވަޒީފާ އެ ރަށުގައި އުފައްދައި މަޤާމުތައް ބަހަމުންދާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

އިދިކޮޅުގެ ފަރާތުން ރޭ ކޮމަންޑޫއަށް ވަޑައިގެންނެވި އެ ކޯލިޝަނުގެ ލީޑަރުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނެވީ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.

ޕީޕީއެމްގެ ފަރާތުން ކޮމަންޑޫގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ މޫސާ ފަތުޙީއަކީ ޤާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ށ.އަތޮޅު ކައުންސިލުގެ މެންބަރުކަމާއި، ހޯމް މިނިސްޓްރީގެ ނައިބުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޕީޕީއެމްގެ އިތުރަށް މި ބައި-އިލެކްޝަނުގައި ވާދަކުރަނީ އެމްޑީޕީއާއި، އަލަށް އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އެވެ.

މި ލިއުމާއި ގުޅޭ