Friday 22nd Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އަހަރުގެ ފުރަތަމަ ދެ ހަފްތާގައި ދަތުރުތަކަށް ބޮޑު ހަރަދެއް!

މިއަހަރުގެ ފުރަތަމަ ދެ ހަފްތާގައި ދައުލަތުން ދަތުރުތަކަށް 5.2 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން ނެރޭ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުން 1 ޖެނުއަރީ 2020 އިން ފެށިގެން 16 ޖެނުއަރީ 2020 ގެ ނިޔަލަށް ދަތުރުތަކަށް ވަނީ 5.2 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މި އަހަރުގެ ފުރަތަމަ ހަފްތާގައި ދަތުރުތަކަށް ހަރަދުވީ 0.5 މިލިއަން ރުފިޔާއެވެ. އަދި ދެވަނަ ހަފްތާގައި 4.7 މިލިއަން ރުފިޔާއެވެ.

މުޅިއެކު މިހާތަނަށް 5.2 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވެފައިވަނީ 4.9 މިލިއަން ރުފިޔާއެވެ. މި އަހަރު ދަތުރު ކުރުމުގެ ބަޖެޓަށް ސަރުކާރުން ވަނީ 237 މިލިއަން ރުފިޔާ ހަމަ ޖަައްސާފައެވެ. މިދިޔަ އަހަރު ދަތުރުތަކަށް ކަނޑައެޅި ބަޖެޓު ހުސްވެ، 200 މިިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.

ފާއިތުވި އަހަރު ރައީސް ސޯލިހް އާއި އެކިއެކި ވަޒީރުން ރާއްޖެއިން ބޭރަށް ގިނަ ދަތުރުތަކެއް ކުރެއްވިއެވެ. މިގޮތުން ރައީސް ސޯލިހްވެސް ޤައުމުން ބޭރުގައި 57 ދުވަސް ހޭދަކުރެއްވިއެވެ. އަދި ޚާރިޖީވަޒީރު އަބްުﷲ ޝާހިދު 25 އަށްވުރެ ގިނަ ދަތުރު ޤައުުމުން ބޭރަށް ކުރެއްވިއެވެ. ފާއިތުވި ހަފްތާގައިވެސް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ.

ސަރުކާރުން ބުނާގޮތުން، ރާއްޖެއިން ބޭރަށް ދަތުރު ކުރަނީ ބޭރު ޤައުމުތަކުން އެހީ ހޯދާށެވެ. ނަމަވެސް މިދިޔަ އަހަރު ބޭރު ޤައުމުތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރިވަރުގެ 50 އިންސައްތަވެސް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. މިއަހަރުގެ ބަޖެޓުގައިވެސް ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.

މި ލިއުމާއި ގުޅޭ