Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޑިޓާސް ގިލްޑް

ކްލަބްތަކުން "މިހާރު" ބޮއިކޮޓް ކުރުމަކީ ނާތަހުޒީބު އަމަލެއްކަމަށް އެޑިޓާސް ގިލްޑުން ބުނެފި

"މިހާރު" ނޫސް ބައިވެރި ވާތީ ބައެއް ފުޓްބޯޅަ ކުލަބުތަކުން ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓް ކުރަން ނިންމި ނިންމުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށާއި މިކަމުން ދެވެނީ ވަރަށް ނުރަނގަޅު މެސެޖެއް ކަމަށް އެޑިޓާސް ގިލްޑުން ބުނެފިއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މިހާރު" ނޫސް ބޮއިކޮޓް ކުރަން ކްލަބުތަކުން ނިންމުމަކީ ކުޅިވަރަށް އިތުރު ބަނަކަމެއް ގެނުވާނެ ފަދަ ވިސްނުމެއް ކަމަށެވެ.

ފާހަގަކުރެވޭގޮތުގައި ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބްތަކުން "މިހާރު" އާ އެކު ޕްރެސް ކޮންފަރެންސްގައި ބައިވެރި ނުވާނެ ސަބަބެއް ކަމަށް ބުނެފައިވަނީ ރާއްޖޭގެ ފުޓްބޯޅަ އަށް ގެއްލުންވާ ގޮތަށް، ހަގީގަތާ ހިލާފަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމެވެ. މިކަމާއިގުޅިގެން މިހާރު ކުރިއަށް ގެންދާ ޕްރެޒިޑެންޓް ކަޕް ފުޓުބޯޅަ މުބާރާތުގެ ޕްރެސް ކޮންފަރެންސްތައް ބައެއް ކްލަބްތަކުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބޮއިކޮޓް ކޮށްފައެވެ.

ގިލްޑުގެ ބަޔާނުގައި ބުނެފައިވަނީ ފުޓްބޯޅައަކީ ކްލަބްތަކާއި އެ އަށް ލޯބިކުރާ ސަޕޯޓަރުންގެ މަސްލަހަތު ހިމެނޭ ކުޅިވަރަކަށް ވާއިރު، އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް ހުރި ނަމަ، އެކަން ފާހަގަކޮށް ފާޑުކިޔުމަކީ ކުޅިވަރުގެ ކުރިމަގަކަށްޓަކައި ބޭނުންތެރި އަދި މީޑިއާގެ ޒިންމާ އަދާކުރުމުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ.

މީގެއިތުރުން މިފަދަ ފާޑުކިޔުންތަކަކީ ބައިނަލްއަގްވާމީ މުޖުތަމައު ބަލައިގެންފައިވާ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމުގެ އެންމެ މުހިންމު އަސާސްތަކުގެ ތެރޭގައި ހިމެނޭ ބައެއްކަން ވެސް ފާހަގަކޮށް ނުފޫޒުތަކާއި ޖަޒުބާތުތަކުން ކުލަބުތަކާއި އެފްއޭއެމް ދުރުވެ، މީޑިއާތަކުގެ ފާޑުކިޔުން ޒިންމާދާރުކަމާ އެކު ބަލައިގަންނަންވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

މި ލިއުމާއި ގުޅޭ