Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.އަހްމަދު އަބްދުﷲ ދީދީ

ރައީސް ޔާމީންގެ މައްސަލައަކީ ސުޕްރީމް ކޯޓާ ހަމަޔަށް ދާންޖެހޭ މައްސަލައެއްވެސް ނޫން: ޑރ.އަޙްމަދު

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ މައްސަލައަކީ ސުޕްރީމް ކޯޓާ ހަމައަށް ދާންޖެހޭ މައްސަލައެއްވެސް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ވޮޑުމުލާ ކުއްޔަށް ދޫކުރި މައްސަަލައިގައި ރައީސް ޔާމީނަށް ކުރި މަނީ ލޯންޑަރިންގެ ދައުވާއިން ސަލާމަތްވީ ކަމާ ގުޅޭ އިދާރާތަކުން ހަދާފައިވާ ޓެކްނިކަލް ގޯހަކުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމަށް ރައްދުދެއްވައި ޑރ.އަބްދުﷲ ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ތުހުމަތުކުރި މައްސަލައިގައި މަނީ ލޯންޑަރިންގެ ދައުވާގެ ރުކުންތައް ފުރިހަމަނުވާކަން ދައުވާގެ ސީޣާއިން ރަނގަޅަށް އެނގޭ ކަމަށެވެ. އެފަދަ ބާތިލް ދައުވާޔަކީ އާންމު އުސޫލެއްގެ ގޮތުގައި މައުޟޫއީގޮތުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލައަކީ ސުޕްރީމް ކޯޓާ ހަމަޔަށް ދާންޖެހޭ މައްސަލައެއްވެސް ނޫންކަން ފާހަގަކުރެއްވި އެވެ.

ވޮޑުމުލާ ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ފަސް އަހަރުގެ ޖަލު ހުކުމުން ސަލާމަތްވީ ސުޕްރީމް ކޯޓާ ހަމައިންނެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދަށު ކޯޓުގައި ދައުލަތުން ބޭނުންކުރި ހެކިތަކަކީ ބަލިކަށި ހެކިތަކެއް ކަމަށެވެ. އެގޮތުން އެ މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ހެކިބަސް ދެއްވި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ހެކިބަހަށް ބުރަދަން ދިނުމަށް އިތުރު ހެކި ބޭނުންވާއިރު އެފަދަ ހެއްކެއް ހުށަހަޅާފައިނުވާތީ އެ ބޭފުޅުންގެ ހެކިބަހަށް ބުރަދަން ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

އެގޮތުން ރައީސް ޔާމީން މިނިވަންވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ސުވާލު އުފެދުމާއި، ހެކިންގެ ހެކިބަހަށް ބުރަދަން ދިނުމުގައި ހެކި ވަޒަންކުރުމުގައި ދަށު ކޯޓުން ގޯސްތަކެއް ހަދާފައިވާތީއެވެ.

މި ލިއުމާއި ގުޅޭ