Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

އިންޑިއާ ސިފައިން ނުފޭބި މައްސަލަ ރައީސް ޔާމީން ސަރުކާރުން އދއަށް ހުށަހެޅި: ޝިޔާމް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު އެންގެވުމުން އެ ސިފައިން ނުފައިބާ ތިބި މައްސަލަ އދ.އަށް އެމަނިކުފާނުގެ ސަރުކާރުން ހުށަހެޅި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ޔޫޓީއެފްގެ ފެށުމަކީ 2016 ވަނަ އަހަރު އިންޑިއާއާއކު ސޮއި ކުރެވުނު 'އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން'ކަމަށް އެމްއެންޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޢަބްދުﷲ ރިޔާޒު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ރިޔާޒު ތުހުމަތުކުރެއްވި ގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި އުތުރު ތިލަފަޅު އެއްބަސްވުމަކީ އިދިކޮޅު ކޯލިޝަނުގެ ދައުރެއްވެސް އޮތް ކަމެކެވެ.

މިކަމަށް ރައްދު ދެއްވައި މެންބަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 'އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން' އަކީ ދެކެވުނު ވާހަކަތަކެއްގެ ޔައުމިއްޔާކަމަށާއި މިލިޓަރީ ސިފައިން ތިބެން އޭރުވެސް ސައްލާ ތަކުގައި ރައީސް ޔާމީނުގެ ސަރުކާރުން ދެކޮޅުހެދި ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން އޭރުވެސް އެދިވަޑައިގަތީ ތިބި މީހުންވެސް އަނބުރާ ގެންދަންކަމަށާއި ވިސާ އާނުކޮށްދިނީ ފޮނުވައިލައްވަން ބޭނުންފުޅުވާތީ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމުން އެ މައްސަލަ އެއިރުގެ ސަރުކާރުން އދ.އާ ހަމައަށް ގެންދިޔަ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

މީގެ ކުރިންވެސް މި ސަރުކާރަށް ތާއީދުކުރާ އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ރަނގަޅު ކަމެއްގެ ގޮތުގައި ދައްކަން ބޭނުންވާ ފަރާތްތަކުންވަނީ ސިފައިން ތިބުމަކީ ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމެއް ކަމަށް ބުނެ އެ މަނިކުފާނަށް ފާޑުކިޔާފައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ތިބި އިންޑިއާ ސިފައިންނާ އެ ސިފައިން ރާއްޖޭގައި އޮޕަރޭޓުކުރަމުންދިޔަ ހެލިކޮޕްޓަރުތައް ރާއްޖެއިން ގެންދިއުމަށް އެމަނިކުފާނުގެ ވެރިކަމުގައި ތަކުރާރުކޮށް އިންޑިއާ ކިބައިން އެދިފައިވެއެވެ. ނަމަވެސް އިންޑިއާއިން އެކަމަށް އިހުތިރާމުކޮށް އިޖާބަދީފައިނުވެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އައުނުކޮށް އޮތް ހެލިކޮޕްޓަރު އެއްބަސްވުން އައުކޮށްފައިވަނީ ވެރިކަން ބަދަލުވިތާ ދެ މަސްވެސް ނުވަނީސް މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއެވެ.

މި ލިއުމާއި ގުޅޭ