Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑޮނޭޝިއާ

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް އިންޑޮނީޝިއާއެކު ސޮއިކޮށްފި

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި އިންޑޮނޭޝިއާގެ ހެލްތު މިނިސްޓްރީއާ އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

ވާޗުއަލްކޮށް މިއަދު ކުރިއަށް ގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމްއެވެ. އަދި އިންޑޮނީޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހެލްތު މިނިސްޓަރު ބުޑީ ގުނާޑީ ސައިކިންއެވެ.

މިއެއްބަސްވުމުގެ ދަށުން ޕްރައިމަރީ ކެއާ ސެކަންޑަރީ ކެއާ ހެލްތު ރެޖިލިއެންސް، ހެލްތު ފިނޭންސިން، ހެލްތު ޓެލެންޓް އަދި ހެލްތު ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ދެ ގައުމުގެ ސިއްހީ ދާއިރާގެ ފަންނުވެރިން ބަދަލުކުރުމާއި، ޑޮކްޓަރުން، ނަރުހުން އަދި ސިއްހީ ދާއިރާގެ ހިދުމަތްތެރިން ތަމްރީނުކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެކަމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި ސިއްހީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މި އެއްބަސްވުމުގެ ދަށުން އިންޑޮނީޝިއާ ސަރުކާރުގެ އެހީތެރިކަން ލިބިގެންދާނެއެވެ.

މި ލިއުމާއި ގުޅޭ