Saturday 30th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ފަސް މީހުން ތިބި ޓަގު ބޯޓެއް އޮޔާ ދަނިކޮށް ސަލާމަތްކޮށްފި

ބާޖެއް ކަފުޖަހައިގެން ބ.ލަނޑާގިރާވަރުން މާލެއަށް އިއްޔެ ރޭ ފަސް މީހުންނާއެކު ދަތުރުކުރަމުން ދިޔަ "ނީލް" ޓަގު ބޯޓެއް އޮޔާ ދަނިކޮށް ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފް ބުނިގޮތުގައި އެ ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އޮޔާދާތީ، ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

އެގޮތުން ބ.ތުޅާދޫގެ ހުޅަނގު ދެކުނުން 9 ނޯޓިކަލް މެއިލް ބޭރުން ދަތުރުކުރަމުން ދިޔަ މި ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އިންޖީނު ހުއްޓުމުގެ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭގެ 21:38 ހާއިރުއެވެ. އަދި އެ މައުލޫމާތު ލިބުމާއެކު ޓަގުގެ ވެރިފަރާތާއިއެކު މުއާމަލާތް ކުރަމުން ދިޔަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ފަސް މީހުންނާއި އެކު ދަތުރުކުރި މި ޓަގު ބޯޓު ހޯދަން ކުރި މަސައްކަތުން ބޯޓު ފެނިފައިވަނީ މިއަދު 11:46 ހާއިރު ތުޅާދޫގެ ހުޅަނގުދެކުނުން 28.6 ނޯޓިކަލް މެއިލްސް ބޭރުން ކަމަށެވެ.

މި ޓަގު ބޯޓު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ޑޯނިއަރ ވެސް ވައިގެ މަގުން ހަރަކާތްތެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ