Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަރު ކޮމިޝަން

ދިވެހިންތަކަކާ ސުވާލު ކުރުމަށް މަރު ކޮމިޝަނާއި ފުލުހުންގެ ޓީމެއް މެލޭޝިޔާއަށް

މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މެލޭޝިޔާގައި ތިބި ދިވެހިންތަކަކާ ސުވާލު ކުރުމަށް އެގައުމަށް ދިއުމަށް ނިންމައިފިއެވެ.

"ދައުރު"ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އަންނަ ބުދަ ދުވަހު މަރު ކޮމިޝަނުގެ ޓީމަކާ ފުލުހުންގެ ޓީމެއް އެ ގައުމަށް ދަތުރު ކުރާނެއެވެ. ނަމަވެސް އެ ޓީމު އެގައުމަށް ދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގެއެވެ.

މަރު ކޮމިޝަނުގެ ޓީމު މި މަހުގެ 21 ވަނަ ދުވަހު މެލޭޝިޔާއަށް ގޮސް ތިބެން ހަމަޖެހިފައިވަނީ ފުރުމާ ކުބްޓި ބިންޓަން ހޮޓަލުގައެވެ. އެ ހޮޓަލުން ހިފާފައިވާ ކޮޓަރިތަކަށް ކްރެޑިޓް ކާޑުން ފައިސާ ނުދެއްކޭތީ މެލޭޝިޔާގައި ހުންނަ ހައިކޮމިޝަނުން އެ ފައިސާ ދައްކައިދިނުމަށް އެ ކޮމިޝަނުން އެދި ޚާރިޖީވުޒާރާއަށް ފޮނުވި ސިޓީއެއްގެ ކޮޕީ ދިޔަރެސްއަށްވަނީ ލިބިފައެވެ.

މަރު ކޮމިޝަނުން އަންނަނީ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މަރުތަކަށް އިންސާފު ހޯދައި ދިނުމަކީ މި ސަރުކާރު ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ބޭނުންކުރި ހަތިޔާރެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް އެއްވެސް މައްސަލައެއް ނިންމާފައި ނުވުމާއި އެއްވެސް މައްސަލައެއްގައި މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ނުވުމުން އެ ކޮމިޝަނަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

ފާޑުކިޔާ ފަރާތްތަކުގެ ތެރޭގައި މި ސަރުކާރުގެ އިސް ފަރާތްތައް ވެސް ހިމެނެއެވެ. ހާއްސަކޮށް މި ސަރުކާރަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ހިމެނެއެވެ. އެ މެންބަރުން އަންނަނީ މަރު ކޮމިޝަން އުވާލުމަށް ގޮވާލަމުންނެވެ.

މި ދަތުރާ ގުޅިގެން "ދިޔަރެސް"އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެ ކޮމިޝަނުގެ މެންބަރަކު ވިދާޅުވީ މި ދަތުރުގައި މާ ގިނަ އަދަދަކަށް ކޮމިޝަނުގެ އޮފިޝަލުން ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ދަތުރުގައި ފުލުހުން ބައިވެރިވުމަކީ ކޮމިޝަނަކާ ގުޅުން ހުންނަ ކަމެއް ނޫން ކަމަށެވެ.

މި ލިއުމާއި ގުޅޭ