Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަތީ ތައުލީމް

މޮރޮކޯގައި ކިޔެވުމުގެ ފުރުސަތު 20 ދަރިވަރަކަށް

މޮރޮކޯގައި ކިޔަވަންދާން ބޭނުންވާ ދަރިވަރުންނަށް 20 ސްކޮލާޝިޕް ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި ސްކޮލާޝިޕް ފުރުސަތު ހުޅުވާލާފައިވަނީ ބެޗްލާސް، މާސްޓާސް އަދީ ޕީއެޗްޑީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށެވެ.

މޮރޮކޯގެ ކޮލެޖުލްތަކުން ކިޔެވުމުގެ ފުރުސަތު ލިބޭ މި ސްކޮލަޝިޕްގެ ކޯސްފީ ދަރިވަރުންނަށް ހިލޭ ލިބޭއިރު އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކު 750 ދިރްހަމް ލިބޭނެއެވެ. ނަމަވެސް އިތުރު ކަންކަމުގެ އިންތިޒާމް ހަމަޖައްސަން ޖެހެނީ ދަރިވަރު އަމިއްލައަސް ކަމަށް މިނިސްތްރީން ބުނެފައިވެއެވެ.

މި ފުރުސަތުގެ ދަށުން ބެޗްލާސް ޑިގްރީއަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް އިން ފަސް މާއްދާއިން ސީ އިން ފެށިގެން މަތީ ގްރޭޑްތައް ހާސިލް ވެފައި ވުމާއި އޭލެވެލްގައި ތިން މާއްދާއިން އީ އިން ފެށިގެން މަތީ ގްރޭޑްތައް ހާސިލްވެފައިވުމުގެ އިތުރަށް އިނގެރޭސި ބަހުން ފާހެއް ވެސް އޮންނަން ޖެހެއެވެ.

އަދި މާސްޓާސް ފެންވަރުގެ ކޯހަށް އެދޭ ދަރިވަރުން ވާން ޖެހޭނީ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު އެ ސްކޮލަޝިޕަށް ހުށަހަޅާ ޔުނިވާސިޓީ އަކުން އިތުރު ޝަރުތެއް ހުށަހަޅާނަމަ އެ ޝަރުތު ހަމަވާ ދަރިވަރަކަށެވެ.

މީގެއިތުރުން ޕީއެޗްޑީއަށް ހުށަހަޅާ ދަރުވަރުން ކޯހާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު އެ ސްކޮލަޝިޕަށް ހުށަހަޅާ ޔުނިވާސިޓީ އަކުން އިތުރު ޝަރުތެއް ހުށަހަޅާނަމަ އެ ޝަރުތު ހަމަވާ ދަރިވަރަކަށްވާން ޖެހޭނެކަމުގައިވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނިގޮތިގައި ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވިފައިވާ ކެންޑިޑޭޓަކަށް އެ ސްކޮލަޝިފް ފުރުސަތަށް އެޕްލިކެޝަން ހުށަނޭޅޭނެއެވެ. އަދި އެހެން ސްކޮލަޝިޕަކަށް ނޮމިނޭޓް ކުރެވިފައިވާ ކެންޑިޑޭޓަކަށްވެސް އެ ސްކޮލަޝިފް ފުރުސަތަށް ނޮމިނޭޓް ނުކުރެވޭނެކަމުގައި މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ސްކޮލާޝިފް ބޭނުންވާ ދަރިވަރުން އެޕްލިކޭޝަނާއި އެކުގައި ތައުލީމީ ސެޓިފިކެޓްގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދޭ ލިޔެކިޔުންތައް ހުށަހަޅާނީ އެ މިނިސްޓްރީގެ ފޯޓަލް މެދިވެރިކޮށް ކަމަށެވެ. އެގޮތުން މިނިސްޓްރީން ބުނިގޮތުގައި ސްކޮލާޝިފް ބޭނުންވާ ދަރިވަރުން މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން އެ ފުރުސަތަށް އެޕްލައި ކުރަން ޖެހެއެވެ.

މި ލިއުމާއި ގުޅޭ