Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނަރެންދުރަ މޯދި

މޯދީގެ ޓުވިޓަރ އެކައުންޓް ހެކްކޮށް ބިޓްކޮއިން އާއި ގުޅޭ ޓުވީޓެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެ ޓުވިޓަރ އެކައުންޓު ބަޔަކު ހެކްކޮށްފިއެވެ.

މޯދީގެ އަމިއްލަ ނަމުގައި ހިންގާ އެ އެކައުންޓު ހެކްކޮށް، އެކަން ކުރި ފަރާތްތަކުން ވަނީ، އިންޑިއާ އިން ރަސްމީކޮށް ބިޓްކޮއިން ބަލައިގަންނަ ކަމަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ހިލޭ ބަހަން އެ ޤައުމުން ބިޓްކޮއިން ގަނެފައިވާ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ އެކައުންޓުން ފަހުންކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މޯދީގެ އަމިއްލަ ނަމުގައި ހިންގާ އެކައުންޓު ކުޑަ ވަގުތުކޮޅަކަށް ހެކް ވެފައިވާ ކަމަށާއި ޓުވިޓަރ އާއި ވާހަކަ ދައްކައިގެން އެކައުންޓު އަލުން ލިބިފައިވާ ކަމަށެވެ. އަދި އެ ވަގުތުކޮޅު ކުރި އެއްވެސް ޓުވީޓަކާއި މެދު އަޅާ ނުލުމަށް އެދިފައިވެއެވެ.

ބިޓްކޮއިން އާއި ގުޅޭ ޓުވީޓެއް ހެކް ކުރި ފަރާތްތަކުން ކޮށްފައިވާއިރު ފާއިތުވި ނޮވެމްބަރު މަހު އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރުމަލާ ސިތާރާމަން ވަނީ، އެ ޤައުމުން ބިޓްކޮއިން ބަލައިގަތުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބުނެފައެވެ.

މި ލިއުމާއި ގުޅޭ