Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑް މަރު

ބ. އަތޮޅުން ކޮވިޑް ބަލީގައި މީހަކު ނިޔާވެއްޖެ

ބ. އަތޮން ކޮވިޑް ބަލީގައި މީހަކު ނިޔާވެއްޖެއެވެ.

ބ.އަތޮޅު ކޮވިޑް މެނޭޖުމަންޓު ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 6:35 ހާއިރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.

އިއްޔެ އާއި މިދިޔަ ހުކުރު ދުވަހު ވެސް ރާއްޖެއިން ވަނީ މިބަލީގައި މީހަކު ނިޔާވެފައެވެ. އިއްޔެ ނިޔާވެފައި ވަނީ އައްޑޫ ސިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ މީހެކެވެ.

މިއަދު ހެނދުނު މި ބަލީގައި މީހަކު ނިޔާވުމާ ގުޅިގެން ކޮވިޑުގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދުވަނީ 258 އަށް އަރާފައެވެ.

މި ލިއުމާއި ގުޅޭ