Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

އިންޑިއާގެ ބިލިނިއަރު މިޓާލްއާ ރައީސް ނަޝީދު ސިއްރިއްޔާތުގައި ބައްދަލުކުރައްވައިފި

އިންޑިއާގެ ބިލިއަނަރު ލަކްޝްމީ މިޓާލްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސިއްރިއްޔާތުގައި ބައްދަލުކުރައްވައިފިއެވެ. ރައީސް ނަޝީދު މިޓާލްއާ ބައްދަލުކުރެއްވީ ލަގްޒަރީ ޔޮޓެއްގައެވެ.

މިޓާލްއަކީ ދުނިޔޭގެ އެންމެ ގިނައިން ދަގަނޑު އުފައްދާ ކުންފުނި ކަމުގައިވާ އާސެލޯ މިޓާލްގެ ޗެއާމަނެވެ. އަދި ސްޓެއިންލެސް ސްޓީލް އުފައްދާ ކުންފުންޏެއް ކަމުގައިވާ އަޕެރަމްގެ ޗެއާމަނަކީވެސް މިޓާލެވެ. އޭސެލޯ މިޓާލްގައި އޭނާގެ 38 އިންސައްތަ ހިއްސާ އޮންނައިރު އަޕެރަމްގައި އޭނާގެ 20 އިންސައްތަ ހިއްސާ އޮވެއެވެ.

މިއަދުގެ މެންދުރުގެ ފަރިއްކޮޅަށް ދެ ބޭފުޅުން ބައްދަލުވެވަޑައިގެންނެވިއިރު ރައީސް ނަޝީދުގެ އަރިހުގައި މި ސަރުކާރުގެ އެންވިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް "ދިޔަރެސް"އަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވެއެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރެވުނީ ރައީސް ނަޝީދުގެ ސިޔާސީ ހަރަކާތްތަކަށް އަދި 2023 ވަނަ އަހަރުގެ ކެމްޕޭނަށް ފައިސާ ހަމަޖެއްސުމާ ގުޅޭ ގޮތުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ތިމާވެށީގެ މަޝްރޫޢުތަކަށް ކުރާ އިންވެސްޓުމެންޓުގެ ގޮތުގައި އެ ފައިސާ ގެންނަން ރޭވިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މިޓާލް ރާއްޖެއަށް ވަޑައިގެންނެވީ ޕްރައިވެޓު ޖެޓުގައި މިއަދެވެ. އަދި މި އޭނާގެ މި ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީވެސް ރައީސް ނަޝީދާ ބައްދަލުކުރެއްވުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ޚަބަރު "ދިޔަރެސް" ނޫހުގައި ޝާއިއުކުރި ފަހުން ރައީސް ނަޝީދުވަނީ މި ނޫހުން ކުރިން ކުރި ސުވާލަކަށް ޖަވާބުދެއްވައި މިޓާލްއަކީ އެމަނިކުފާނުގެ ރަހުމަތްތެރިއެއް ކަމަށް ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ