Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

ޕްރޮކިއުމެންޓު މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީން ދެނީ

ދައުލަތުގެ އިދާރާތަކުގައި ޕްރިކިއުމެންޓު މަސައްކަތްތައްކުރާ މުވައްޒަފުނަށް ޚާއްޞަކޮށް ތަމްރީން ޕްރޮގުރާމެއް ހިންގަން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހާމަކުރައްވައިފިއެވެ.

ދައުލަތުގެ އިދާރާތަކުން ހިންގާ ޕްރޮކިއުމެންޓާ ގުޅޭ ލިޔެކިޔުންތައް ބަލައިގަންނަ އިލޮކްޓްރޯނިކް ނިޒާމު ނުވަތަ "ބީލަން ޕޯޓަލް" އިފުތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ދައުލަތުގެ ޕްރޮކިއުމެންޓު ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކމަަށެވެ.

އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިނިސްޓަރު ފާހަގަކުރެއްވީ ޕްރޮކިއުމެންޓު ޕޮލިސީ ބޯޑާއި ސްޓޭޓް އިންޓާނަލް އޮޑިޓު ކޮމިޓީގެ އިތުރަށް ބީލަމުގެ މައްސަލަތައް ބަލާ ކޮމިޓީ އަދި މާލިއްޔަތު މައްސަލަތައް ބެލުމަށްވެސް ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ބޯޑުތަކާއި ކޮމިޓީތައް އެކުލަވައިލެވުމަކީ ނިޒާމު ހަރުދަނާކުރުމަށް ކުރަންހުރި ހުރިހާ މަސައްކަތެއްގެ ނިމުން ނޫން ކަމަށާއި، ހަރުދަނާ ސިފައެއްގެ ޕްރޮކިއުމެންޓު ނިޒާމު ތަންފީޒުކުރުމުގައި އެ ނިޒާމުގައި ހަރަކާތްތެރިވާ މީހުންގެ ޒިންމާއެއް އޮންނަ ކަމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ޕްރޮކިއުމެންޓު މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން އެ ފަރާތްތައް ތަމްރީނުކުރުމުގެ ޕްރޮގުރާމެއް ޤައުމީ ޔުނިވާސިޓީއާ ގުޅިގެން އެކުލަވައިލަމުން އަންނަ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2022 ވަނަ އަހަުރގެ ޖަނަވަރީ މަހުގައި އެ ތަމްރީނު ޕްރޮގުރާމު ވުޖޫދަށް ގެނައުމަކީ މިނިސްޓްރީގެ އަމާޒު ކަމަށެވެ. އަދި އަމާޒަކީ 1،200 އަށްވުރެ ގިނަ ތަމްރީނުކޮށް ނިންމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ