Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބޮރިސް ޖޯންސަން

ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ މެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރަން ބޮރިސް އަންގަވައިފި

އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އޭނާގެ ޓީމަށް އަންގަވައިފިއެވެ. އެގޮތުން ފަރަންސޭސިން އެންމެ ފަހުން އަޅާފައިވާ އިނގިރޭސިން ހިތްހަމަނުޖެހޭ ފިޔަވަޅުތަކާ ގުޅިގެން އެއްވެސް ކަމެއް ނުކުރާން ބޮރިސް އެދިވަޑައިގެންފައިވެއެވެ.

ބޮރިސްގެ ގާތް ފަރާތްތަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކުރި ގޮތުގައި އޭނާ ޤަބޫލުކުރައްވަނީ ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯނަށް ދެވަނަ ރިޔާސީ ދައުރެއް ކާމިޔާބުކުރެއްވޭނެއެވެ. އަދި އޭޕްރީލް މަހުގައި އޮންނަ ފަރަންސޭސި ރިޔާސީ އިންތިޚާބަށްފަހު މިހާރަށްވުރެ ދެ ޤައުމުގެ ގުޅުން ރަނގަޅުކުރެވޭނެ ހާލަތެއް ވުޖޫދުކުރެއްވުމަށް އޭނާ ބޭނުންފުޅުވެއެވެ.

ކުޑަ ބޯޓެއްގައި އިނގިރޭސިވިލާތަށް ހިޖުރުކުރަން މަސައްކަތްކުރި 27 މުހާޖިރުން ކަނޑުމަތީގައި މަރުވުމާ ގުޅިގެން، ބޮރިސްއަކީ "ކްލައުން"އެއް ކަމަށް މެކްރޯން ސިފަކުރެއްވިއެވެ. އެ ސިފަކުރެއްވުމުގެ ސަބަބުން އިންތިޚާބަށްފަހު މިހާރަށްވުރެ ރަނގަޅު ގުޅުންތަކެއް ދެ ޤައުމުގެ މެދުގައި އުފެދުމަކީ ބައެއް މުހައްލިލުންގެ ނަޒަރުގައި ދުރު ކަމެކެވެ.

މެކްރޯން ދެކެވަޑައިގަންނަވާ ގޮތުގައި ބޮރިސްއަކީ ސިޔާސީ ގޮތުން ބުރަދަންހުރި ސީރިއަސް ލީޑަރެއް ނޫނެވެ. އަދި ބޮރިސްވަނީ އެތައް ސިޔާސަތެއްގެ ތެރެއިން ފަރަންސޭސި ސަރުކާރު ހިތްހަމަނުޖެހޭ ކަންތައްތައް ކުރައްވާފައެވެ. އޭގެ ތެރޭގައި ބްރެކްޒިޓް ސިޔާސަތާއި، އޮސްޓްރޭލިއާއާއެކު އެމެރިކާ އަދި އިނގިރޭސިވިލާތައް ހިމެނޭ ގޮތުން ހަދާފައިވާ ސަލާމަތީ އެއްބަސްވުން ހިމެނެއެވެ.

މެކްރޯންގެ ވާހަކަފުޅަށް އިނގިރޭސި މީޑިއާގެ ސަމާލުކަން ލިބުނު ނަމަވެސް ފަރަންސޭސި މީޑިއާއިން އެކަމަށް އެހާ ބޮޑު ސަމާލުކަމެއް ދީފައިނުވެއެވެ. ފަރަންސޭސި މީޑިއާގެ ސަމާލުކަން ބޮޑަށް ހުއްޓިފައިވަނީ ހިޖުރަކުރާ ފަރާތްތަކާއި، ކޮވިޑް-19 ބަލިމަޑުކަމާއި ޖަރުމަނާއި އެ ޤައުމުގެ ގުޅުން ފަދަ މައުޟޫޢުތަކަށެވެ.

އެހެންނަމަވެސް އިނގިރޭސިވިލާތުގެ ވެރިކަންކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ކުރިއަށް އޮތް މަސްތަކުގައި ދެ ޤައުމުގެ ގުޅުން ހީނަރުވި ނަމަވެސް މެކްރޯން އިންތިޚާބު ކާމިޔާބުކުރައްވައިފިނަމަ ދެ ޤައުމުގެ ގުޅުން އައު ފެށުމަކުން ފަށަން ފުރުސަތު ފަހިވާނެއެވެ.

މި ލިއުމާއި ގުޅޭ