Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

އެމްޑީޕީގެ ވެރިކަމަކީ އިންޑިއާ ކަނޑަށް ޖެހިފައިވާ މުސީބާތެއް: ސައީދު

އެމްޑީޕީގެ ވެރިކަމަކީ އިންޑިއާ ކަނޑަށް ކުރިމަތިވެފައިވާ ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިފަދައިން ސައީދު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމުން ނުރައްކާވާނީ ދިވެހިންނަށާއި ދިވެހިރާއްޖެއަށް ކަމުގައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ސައީދު ވިދާޅުވީ ދިފާޢީ ވަޒީރު މާރިޔާއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓިގެ މުޤައްރިރުގެ އިއުތިރާފަކީ ޤާނޫނު އަސާސީއަށް ކޮޅުފައިން އެރުން ކަމަށެވެ. ނުރައްކަލުން އަރިގުމަތަށް އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަކީ ނުރައްކަލުން އަރައިގަތުމަށް ރާއްޖޭގެ ދިފާޢީ ވަޒީރުކަން އިންޑިޔާއާ ހަވާލުކުރުމާ އެއްވެސް ތަފާތެއް ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.

އޭގެ އިތުރަށް ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމަކީ އިންޑިއާ ކަނޑަށް ޖެހިފައިވާ މުސީބާތަކަަށް މިވަނީ ވެފައި ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމުން ސަލާމާތްވާންޖެހޭ ކަމަށެވެ. އިދިކޮޅުން ފަށާފައިވާ "އިންޑިއާ އަސްކަރިއްޔާ ބޭރުކުރުމުގެ" ހަރަކާތް ވަރުގަދަކުރަން އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީންވަނީ އިރުޝާދު ދެއްވާފައެވެ.

މި ލިއުމާއި ގުޅޭ