Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު އަސްލަމް

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާއި ދެކޮޅަށް އަސްލަމް ވާހަކަ ދައްކަވައިފި

ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބޭ އިންޑިއާ ސިފައިން ބޭލުމަށާއި އެ ޤައުމާއި އެކު ރާއްޖެއިން ހަދާފައިވާ އަޑި ނޭނގޭ އެއްބަސްވުންތައް އުވާލުމަށް ގޮވާލާއި ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނާއި ދެކޮޅާށް ހިތަދޫ އުތުރު ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އިންޑިއާ އިން ދަނީ ރާއްޖެއަށް އެތައް ގޮތަކަށް އެހީވަމުން ކަމަށާއި އެންމެ ފުރަތަމަ ރާއްޖެއަށް ކޮވިޑު-19 ވެކްސިން ފޮނުވައި ދިނީވެސް އިންޑިއާއިން ކަމަށެވެ.

އަދި އެހާ ބޮޑަށް އެހީވާއިރު އެއްވެސް ކަހަލަ ގޮތަކަށް ނުވާ ގޮތަށް ނުކުމެ އިންޑިއާ އައުޓް ގޮވާއިރު، އޭގެ ނުރައްކާ މާބޮޑުތަނުން ބޮޑުވެ "އައުޓްވާން" އޮތީ ދިވެހިން ކަމަށް ވިދާޅުވެ އަސްލަމް ކަންބޮޑުވުންފާޅު ކުރެއްވިއެވެ.

"އައުޓްއޭ މި ދެންނެވީ މިފަދަ އެހީތެރިކަމުން އައުޓް ވީމަ ވެސް އެއީ ވެސް ބޮޑު އައުޓެއްތާ އެ ވެވެނީ" އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ އެފަދަ ކަންކަމަކީ ސިޔާސީ ކަމެއްގެ ގޮތުންވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އިންޑިއާ އާއި ރާއްޖެއާއި ދެމެދު ޒަމާނުއްސުރެ އޮތީ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުން އެގޮތުގައި ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ވެރިކަމެއް ދެން އަޔަސް އިންޑިއާ އާއި އެކު ގުޅުން ބާއްވާނެ ކަމަށާއި އިންޑިއާ އާއި ސިޔާސީ ބޭނުމަށް ޖައްސާލައިގެން ތިބުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އަސްލަމް މިމޭރުމުން ވާހަކަ ދެއްކެވިނަމަވެސް، އިންޑިއާ އާއި ގުޅުން ކަނޑާލަން އެއްވެސް ބަޔަކު ނުގޮވާކަން ފާހަގަކޮށްލެވެއެވެ. އިންޑިއާ ސިފައިން ރާޢްޖެއިން ބޭލުމަށް ގޮވާލުން އިންޑިއާ އާއި ގުޅުން ކަނޑާލަން އުޅުމާއި އެމްޑީޕީގެ އިސް ފަރާތްތަކުން އެއްވަރުކުރެއެވެ.

އަދި ރައްޔިތުންނަށް އޮޅުވާލައި، އިންޑިއާ ސިފައިން ތިބެނީ ރާއްޖެއަށް އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ކަމަށްވެސް ބުނެއެވެ. އެހެން ނަމަވެސް މިހާރު ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.

މި ލިއުމާއި ގުޅޭ