Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

މުނާފިޤުންގެ ވެރިޔާ ޢަބްދުﷲ ބިން އުބައްޔަކީ ކާކުކަން ނަޝީދަށް އެނގިވަޑައިނުގެންނެވި

މުނާފިޤުންގެ ވެރިޔާ ޢަބްދުﷲ ބިން އުބައްޔު ބިން ސަލޫލް ނިސްބަތްވާ ޤަބީލާއަކީ ކޮބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެނގިވަޑައިނުގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމް "އާސްކް ސްޕީކާ"ގައި އާންމުންގެ މީހަކުވަނީ ޢަބްދުﷲ ބިން އުބައްޔަކީ ކާކުކަން އެނގިވަޑައިގަންނަވާތޯ ރައީސް ނަޝީދުގެ އަރިހުގައި ސުވާލުކޮށްފައިވެއެވެ.

އެ ސުވާލުގެ ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޢަބްދުﷲ ބިން އުބައްޔަކީ ރަސޫލު ޒަމާނުގައި ޤުރައިޝު ވަންހައިގެ ޝަޚުޞިއްޔަތުތަކުގެ ތެރެއިން ޝަޚުޞިއްޔަތެއް ކަމަށެވެ. އަދި އެކަން އިސްލާމީ ތާރީޚު އެނގޭ އެންމެނަށްވެސް އެނގޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ދެން ޢަބްދުﷲ ބިން އުބައްޔަކީ ޤުރައިޝު ވަންހައިގެ އެއިރުގެ މީހުންގެ ތެރެއިން ފާހަގަވި ޝަޚުޞިއްޔަތު. އަޅުގަނޑު ހިތުން އިސްލާމީ ތާރީޚު ދަންނަ އަދި އަޅުގަނޑުމެން އެންމެނަށް ފާހަގަވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޢަބްދުﷲ ބިން އުބްއްޔަކީ ޚަޒުރަޖު ވަންހައިގެ މީހެކެވެ. އޭނާއަކީ މަދީނާއަށް ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާ ހިޖުރަކުރެއްވުމަށްފަހު، ބޭރުފުށުން އިސްލާމްދީން ފާޅުކޮށް އެތެރެފުށުން ކުފުރު ފޮރުވައިގެން އެކަލޭގެފާނަށް ދުއްތުރާކޮށް އުޅުނު މުނާފިޤުންގެ އެންމެ އިސްމީހާއެވެ.

އަދި އޭނާއަކީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ސިޔަރަތުގައި ވަރަށް ތަފުސީލުކޮށް އޭނާގެ ވާހަކަ ގެނެވިފައިވާ މީހެއްވެސްމެއެވެ.

މި ލިއުމާއި ގުޅޭ