Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ބަންގްލަދޭޝް އަށް ފައިސާ ފޮނުވަން ޓީޓީ ހަދަނީ ރާއްޖެއަށް މުދާ ގެނައުމުގެ ނަމުގައި

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރު ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ދެ ބިދޭސީ މީހުންގެ ތެރޭގައި ހިމެނޭ އެކަކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ ރާއްޖެ އަށް މުދާ ގެނައުމުގެ ނަމުގައިކަން ހާމަވެއްޖެއެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ރޮބީއުﷲ އާއި 31 އަހަރުގެ މުހައްމަދު ފިރްދައުސް ނަމަކަށް ކިޔާ ދެ ބިދޭސީންނެވެ.


މީގެތެރެއިން ފިރްދައުސް ދިރިއުޅޭ ގޭގެތެރެއިން ފުލުހުން ވަނީ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހައްދާފައިވާ ސްލިޕުތަކެއް ފެނިފައެވެ. އެ ސްލިޕުތަކާއި ގުޅޭ ގޮތުން ފިރްދައުސް ބުނީ އެ ސްލިޕުތަކުގައި ރާއްޖެ އަށް މުދާ ގެންނަ ކަމަށް ޖަހާފައި އޮތް ނަމަވެސް އެއިން އެއްވެސް މުދަލެއް ރާއްޖެ ނާންނާނެ ކަމަށެވެ.

އެކަން އެގޮތަށް ކުރަނީ ބަންގްލަދޭޝް އަށް ފައިސާ ފޮނުވުމުގެ ބޭނުމުގައި ކަމަށް އޭނާ ބުންޏެވެ. އެ ދެމީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރު ކޮށްދިނެވެ. އެގޮތުން ފިރްދައުސްގެ ބަންދަށް 15 ދުވަސް އަދި ރޮބީއުގެ ބަންދަށް 10 ދުވަސް ވަނީ ޖަހައިފައެވެ.

ފިރްދައުސްގެ އަތުން ފުލުހުންނަށް ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ އަމިއްލަ އެކައުންޓުން ބޮޑެތި އަދަދުތަކުން ފައިސާގެ މުއާމަލާތް ކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކުރެވިފައެވެ.

މި ލިއުމާއި ގުޅޭ