Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްވިޑެން

މަޤާމާ ހަވާލުވެވަޑައިގެންނެވިތާ ގަޑިއިރުތަކެއް ފަހުން ސްވިޑެންގެ ފުރަތަމަ އަންހެން ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

ސްވިޑެންގެ ތާރީޚުގައި އެ ޤައުމުގެ ބޮޑުވަޒީރުކަމަށް ފުރަތަމަ ފަހަރަށް އިންތިޚާބުވެވަޑައިގެންނެވި އަންހެން ބޮޑުވަޒީރު ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު މަގްޑެލޭނާ އެންޑަސަން މަޤާމާ ހަވާލުވެވަޑައިގެންނެވިތާ 12 ގަޑިއިރު ނުވަނީސް މަޤާމުން އިސްތިއުފާދެއްވައިފިއެވެ. އޭނާ މަޤާމުން އިސްތިއުފާދެއްވީ ސަރުކާރު އެކުލަވައިލި ކޯލިޝަނުގައި ހިމެނުނު ގްރީން ޕާޓީން ކޯލިޝަން ދޫކޮށް ވަކިވުމުންނެވެ.

އެންޑަސަން ވިދާޅުވެފައިވަނީ ކޯލިޝަން ރޫޅުމުން މަޤާމުން އިސްތިއުފާދެއްވި ނަމަވެސް ވަކިން އޭނާގެ ޕާޓީ އެކަނި ހިމެނޭ ސަރުކާރެއްގެ ބޮޑުވަޒީރުގެ ގޮތުގައި އަނބުރާ މަޤާމަށް ވަޑައިގަތުމުގެ ަޝައުޤުވެރިކަން އޮތްކަން ޤާނޫނު ހަދާ މަޖިލީހުގެ ރައީސަށް ދަންނަވާފައިވާ ކަމަށެވެ.

ގްރީން ޕާޓީން ކޯލިޝަނާ ވަކިވީ ކޯލިޝަން ސަރުކާރުން ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިނުގަތުމާ ގުޅިގެންނެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އެންޑަސަން ވިދާޅުވީ އޭނާ ބޮޑުވަޒީރުގެ މަޤާމުން އިސްތިއުފާދެއްވިކަން ޤާނޫނު ހަދާ މަޖިލީހުގެ ރައީސަށް އަންގަވާފައިވާނެ ކަމަށެވެ. އަދި އެންމެ ޕާޓީއެއް ހިމެނޭ ސަރުކާރެއްގެ ބޮޑުވަޒީރެއްގެ ގޮތުގައި ހުންނަވަން އެދިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ގްރީން ޕާޓީންވަނީ އޭނާއަށް ތާއީދުކުރާނެ ކަމަށް ބުނެފައެވެ. ސެންޓާ ޕާޓީންވަނީ އޭނާ ބޮޑުވަޒީރުކަމަށް ނެގުމަށް ބާއްވާ ވޯޓުގައި ބައިވެރިނުވާނެ ކަމަށް ބުނެފައެވެ.

މި ލިއުމާއި ގުޅޭ