Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވަޒީފާއާ ބެހޭ ޓްރައިބިއުނަލް

ޕެންޝަނުގެ އޮފީހުގެ ކުރީގެ ސީއީއޯ ވަޒީފާ އިއާދަކޮށްދެއްވުން އެދިވަޑައިގެން ޓްރިބިއުނަލަށް

ޕެންޝަން އޮފީހުގެ އިސްވެރިޔާގެ މަޤާމުގައި ކުރިން ހުންނެވި ޖޯން ގްރިންޑަލް އެ ވަޒީފާއިން ވަކިކުރުމާ ގުޅިގެން އަނބުރާ ވަޒީފާ އިއާދަކޮށްދިނުން އެދިވަޑައިގެން ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް މައްސަލަ ހުށހަަޅުއްވައިފިއެވެ.

ރައީސް ޞާލިޙުގެ ސަރުކާރުގައި މުހިއްމު ބައެއް ކުންފުނިތަކާއި ފަންޑުތައް ހިންގެވުމަށް ބިދޭސީން ހަމަޖެއްސި ހަމަޖެއްސުމުގެ ތެރެއިން ޕެންޝަން އޮފީހުގެ ސީއީއޯކަމަށް ހަމަޖެއްސި ގްރިންޑަލް އޭނާގެ ވަޒީފާއިން ވަކިކުރީ ވަޒީފާއާ ހަވާލުވެވަޑައިގެންނެވިތާ އަހަރުދުވަސް ނުވަނީހެވެ. އޭނާ ވަޒީފާއިން ވަކިކުރީ ސުލޫކީ މައްސަލައަކާ ގުޅިގެން ކަމަށް ޕެންޝަން އޮފީހުން ބުނި ނަމަވެސް އެއީ ސީދާ ކޮން މައްސަލައެއްކަން ހާމަނުކުރެއެވެ.

އޭނާ ވަޒީފާއިން ވަކިކުރީ ކޮން މައްސަލައަކާ ގުޅިގެންކަން ހާމަނުކުރި ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ޖިންސީ ފުރައްސާރައިގެ ތުހުމަތު އޭނާއަށް އަމާޒުވިއެވެ.

ގްރިންޑަލް ޓްރިބިއުނަލަށް މައްސަލަ ހުށަހަޅުއްވާފައިވަޏީ އޭނާގެ ވަޒީފާ އަނބުރާ އިއާދަކޮށްދިނުމާއެކު، ވަކިކުރި މުއްދަތުން ފެށިގެން ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށެވެ. އޭނާއަށް މުސާރައިގެ ގޮތުގައި މަހަކު ލައްކައެއްގައި މުސާރަ ދެއެވެ.

ހަމައެހެންމެ އޭނާ ވަނީ އޭނާއާ ގުޅޭ ގޮތުން ކުރެވޭ ދޮގު ތުހުމަތުތަކާ ގުޅިގެން އަބުރަށް ގެއްލުންވި ކަމަށް ވިދާޅުވެ ބަދަލު ހޯއްދަވަންވެސް ހުށަހަޅުއްވާފައެވެ.

މި ލިއުމާއި ގުޅޭ