Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ

އިންޑިއާ އާއި އެކު ހެދި އަސްކަރީ އެއްބަސްވުންތަކުގައި މައްސަލައެއް ނެތްކަމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ 241 ކޮމިޓީއިން ނިންމައިފި

ރާއްޖެއާއި އިންޑިއާ އާއި ދެމެދު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމައިފިއެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ މި ކޮމިޓީ އިން މިގޮތަށް ނިންމީ 7 މެމްބަރުންގެ ވޯޓުންނެވެ. އިންޑިއާ އާއި އެކު ޤާއިމްކޮށްފައިވާ އުތުރުތިލަފަޅު އެއްބަސްވުމާއި، ހައިޑްރޯގްރަފީ އެއްބަސްވުން އަދި ޑޯނިއާ އެއްބަސްވުމާއި ގުޅޭގޮތުން 241 ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ ނައިބު ރައީސް އާދަމަ ޝަރީފް އުމަރެވެ.

މަޖިލީހުގެ ކޮމިޓީތަކަށް އެމްއެންޑީއެފް އާއި ޑިފެންސް މިނިސްޓްރީން ގޮސް އެއްބަސްވުންތައް މެމްބަރުން އަތަށް ދީފައި ނުވެއެވެ. ހަމައެކަނި ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަނެއްގެ ސިފައިގައި އެއްބަސްވުންތައް ދައްކާލިއިރު ދައްކާފައިވަނީ ފުރިހަމަ އެއްބަސްވުންކަން ވެސް މެމްބަރުންނަށް ކަށަވަރު ނުކުރެވެއެވެ.

241 ކޮމިޓީގައި މެމްބަރު އާދަމް ޝަރީފް އުމަރު އާއި، ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން އަދި ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވަނީ އެއްބަސްވުންތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ. އަދި ގިނަ ސުވާލުތަކެއް އެބޭފުޅުން މާރިޔާ އަދި ޗީފް އޮފް ޑިފެންސް ފޯސް އާއި ކުރެއްވިއެވެ. އެހެން ނަމަވެސް އެ ބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބުވެސް ދީފައި ނުވެއެވެ.

މަޖިލީހުގެ ކޮމިޓީގައި ދެއްކި އެއްބަސްވުންތަކަކީ މީގެ ކުރިން "ދިޔަރެސް" އިން އާންމުކޮށްފައިވާ އެއްބަސްވުންތަކެެވެ. އެ އެއްބަސްވުންތައް ބަލާލުމުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް އޭގެއިން އަސަރުކުރާނެކަން ސާބިތުވެއެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ އެ ކޯލިޝަނުގެ ވެރިކަމެއްގައި އެ އެއްބަސްވުންތައް އުވާލާނެ ކަމަށް ބުނެފައެވެ.

މި ލިއުމާއި ގުޅޭ