Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަކީ ފުލުހުންގެ ޒިންމާއެއް ނޫން: އިމްރާން

އަނިޔާވެރި ގޮތެއްގައި ޤަތުލުކޮށްފައިވާ މީހުންނަށާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަކީ މިހާރު ދިވެހި ފުލުހުންގެ ޚިދުމަތުގެ އިޚުތިޞާޞުގައި ހިމެނޭ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރުތަކަށާއި ގެއްލިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި ވައުދުން ފުއްދިފައިވާ މިންވަރާ ގުޅޭ ގޮތުން "ދިޔަރެސް"އިން ސުވާލުކުރުމުން އިމްރާން ވިދާޅުވީ އެ މައްސަލަތައް ތަހުގީގުކުރުމަށް މިހާރު ރިޔާސީ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ތަހުގީގުކުރުމުގެ މަސްއޫލިއްޔަތު ޤާނޫނުން މިހާރު އެ ކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު އެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ޤާއިމުކޮށްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންފައިވާ ވައުދު ފުއްދުމުގެ އިޚުތިޞާޞު ލިބިގެންވަނީ އެ ކޮމިޝިނަށް ކަމުގައިވެސް ޢިމްރާން ވިދާޅުވިއެވެ. "ރައީސުލްޖުމްހޫރިއްޔާވަނީ ޚާއްޞަ ކޮމިޝަނެއް އުފައްދަވާފައި، އެ ކޮމިޝަނަށް ޚާއްޞަ ޤާނޫނެއްވެސް ވަނީ ވައުދެއް އުފައްދާފައި، އެހެންވީމާ އެ މަސައްކަތުގެ ހުރިހާ ޤާނޫނީ ބާރެއް ވަނީ ކޮމިޝަނުގެ މައްޗަށް މަތިކުރެވިފައި. އެހެންކަމުން އެ ވައުދަކީ މޯލްޑިވްސް ޕޮލިސް ސާވިސްއިން އަދި ހޯމް މިނިސްޓްރީން ތަންފީޒުކޮށް ފުއްދުމަށް ކަނޑައެޅިފައިވާ ވައުދެއް ނޫން،" އިމްރާން ވިދާޅުވިއެވެ.

ޢިމްރާން މިފަދައިން ވިދާޅުވި ނަމަވެސް ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ ކޮމިޝަނުން ބަލާ މައްސަލައެއްގެ ތަހުގީގުގެ ތެރެއިން ޖިނާއީ މައްސަލައެއް ބަލަންޖެހިއްޖެނަމަ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ބަޔާންކުރާ ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރެވިދާނެ ކަމަށެވެ. މަރުތައް ފަދަ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖިނާއީ އިޖުރާއާތުގެ ޤާނޫނުން ދީފައި އޮންނަނީ ފުލުހުންނަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިމްރާނަކީ 2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާއެއްގައި ޑރ.އަފްރާޝީމް ޢަލީއާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނުގެ މައްސަލައާ ގުޅޭ ހެކިތަކެއް ހުރިކަމަށް ވިދާޅުވެ ގަނޑުތަކެއް ދެއްކެވި ބޭފުޅެކެވެ. އެ ގަނޑުތަކާ ގުޅޭ ގޮތުން ފަހުން ސުވާލުކުރުމުން އިމްރާން ވިދާޅުވެފައިވަނީ އެ ދުވަހު އޭނާ ހައްޔަރުކުރި ފުލުހުން އެ ގަނޑުތައް ގެންގޮސްފައިވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ