Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިރާގު

އެންމެ ގިނައިން ޑިވިޑެންޑް ސަރުކާރަށް ދެއްކި ކުންފުންޏަކީ ދިރާގު

ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ މިހާތަނަށް ސަރުކާރަށް އެންމެ ބޮޑު ޑިވިޑެންޑު ދެއްކި ކުންފުންޏަކީ ދިރާގު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު ދިރާގު ފިޔަވައި އެންމެ ބޮޑު ޑިވިޑެންޑެއް ސަރުކާރަށް ދައްކާފައިވަނީ ދައުލަތުގެ ބޭންކު ބޭންކް އޮފް މޯލްޑިވްސް އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އެވެ.

ނިމުނު އަހަރު ދިރާގުން ޑިވިޑެންޑުގެ ގޮތުގައި ސަރުކާރަށް ދައްކާފައިވަނީ 226 މިލިއަން ރުފިޔާއެވެ. މި އަހަރުގެ މިހާތަނަށް އެ ކުންފުނިންވަނީ 229 މިލިއަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ދައްކާފައެވެ. އަންނަ އަހަރު މި އަދަދު 234 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެއެވެ.

އޭގެ އިތުރަށް ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި ދިރާގުން 2023 ވަނަ އަހަރު 239 މިލިއަން ރުފިޔާ އަދި 2024 ވަނަ އަހަރު 244 މިލިއަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ދައްކާނެއެވެ.

މި އަހަރު މިހާތަނަށް ބީއެމްއެލްއިން ޑިވިޑެންޑުގެ ގޮތުގައި ދައްކާފައިވަނީ 128 މިލިއަން ރުފިޔާއެވެ. އަދި އެމްއޭސީއެލްއާއި އެސްޓީއޯގެ ތެރެއިން ކޮންމެ ކުންފުންޏަކުންވެސް 57 މިލިއަން ރުފިޔާ ދައްކާފައިވެއެވެ.

ސަރުކާރު ހިއްސާވާ 32 ކުންފުނި އޮންނައިރު އެއިން ސަރުކާރަށް ޑިވިޑެންޑު ދައްކަމުން އަންނަނީ އެވެރެޖުކޮށް 10 ކުންފުނިން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. ޑިވެޑެންޑުގެ ގޮތުގައި ޖުމްލަ 582 މިލިއަން ރުފިޔާ މި އަހަރު ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެއެވެ.

މި ލިއުމާއި ގުޅޭ