Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރެޒިލް

ބްރެޒިލްގެ އެމޭޒަން ޖަންގަލިން ފަނަރު އަހަރު ތެރޭ ގަސް މަދުނުވާ މިންވަރަށް ގަސް މަދުވެއްޖެ

އެމޭޒަން ޖަންގަލިން ގަސް މަދުވާ މިންވަރު 15 އަހަރު ތެރޭގައި އިތުރުވި އެންމެ ބޮޑު މިންވަރަށް އިތުރުވެއްޖެއެވެ. އެއާއެކު ދުނިިޔޭގެ އެންމެ ބޮޑު އެއް ޖަންގަލި ރައްކާތެރިކުރުމަށް ބްރެޒިލުން ކުރާ މަސައްކަތާމެދު ސުވާލުތަކެއްވަނީ އުފެދިފައެވެ.

ނިމުނު އަހަރުގެ އޯގަސްޓު މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހާ ހަމަށް ފާއިތުވި މުއްދަތުގައި އެމޭޒަން ޖަންގަލީގެ 13،200 އަކަކިލޯމީޓަރުގެ ސަރަހައްދެއްވަނީ ސާފުކޮށް ގަސް ނަގާފައެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 22 އިންސައްތަ އިތުރުވުމެކެވެ. އަދި އެއީ 2006 ވަނަ އަހަރުގެ ފަހުން އެ ޖަންގަލިން ގަސް ހުސްކުރި އެންމެ ގިނަ އަދަދު ކަމަށްވެސް ޑާޓާއިން ދައްކައެވެ.

ފާއިތުވި ތިން އަހަރުގައި އެކަނި އެމޭޒަން ޖަންގަލީގެ ބްރެޒިލްގެ އިމުގެ ތެރޭގައި އޮންނަ ބައިން 30،000 އަކަކިލޯމީޓަރުވަނީ ގެއްލިފައެވެ. އެ ސަރަހައްދުގައި ހުރި ގަސްތައްވަނީ ކަނޑައް ނުވަތަ ނައްތާލާފައެވެ. އެއީ ބެލްޖިއަމްގެ ބޮޑުމިނާ ގާތްގަނޑަކަށް އެއްވަރުގެ ސަރަހައްދެކެެވެ.

މި މައުލޫމާތު ހާމަވެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ގްލަސްގޯގައި ބޭއްވި ކޮޕް26 ސަމިޓުގައި ބްރެޒިލުން އެމޭޒަން ޖަންގަލި ހިމާޔަތްކުރުމުގައި އައު ފިޔަވަޅުތަކެއް އަޅާނެކަން އިއުލާނުކޮށް ގިނަ ބައެއްގެ ތައުރީފު ހޯދިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ބްރެޒިލުން އަޅަން އިއުލާނުކުރި ފިޔަވަޅުތަކަށް ޑިޕްލޮމެޓުންނާއި ޤައުމުތަކުގެ ވެރިންގެ ތާރީފު ލިބުނު ނަމަވެސް ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ހަރަކާތްތެރިންގެ ފަރާތުން ބްރެޒިލު ސަރުކާރުން ދެއްކި ވާހަކަތަކާމެދު ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ.

މި ލިއުމާއި ގުޅޭ