Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުގެ ވަކީލަށް ފިޔަވަޅުއަޅައިދޭން މައުމޫން ހަމީދު އެދިވަޑައިގެންފި

އަނިޔާވެރިކޮށް ޤަތުލުކޮށްލާފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތުވާ މީހުންނާ ދެކޮޅަށް ކޯޓުގައި ސިއްރު ހެކިބަސްދިން ފަރާތްތަކުގެ ބަޔާންތައް ލީކުކޮށްލީ ދިފާޢީ ވަކީލުން ކަމަށް ދައުލަތުން ތުހުމަތުކުރުމުން ދައުލަތުގެ ވަކީލާމެދު ފިޔަވަޅުއަޅައިދިނުމަށް އެ މައްސަލައިގެ މުއްތަހަމެއްގެ ދިފާޢީ ވަކީލު އަދި ބާ ކައުންސިލުގެ ރައީސް މައުމޫން ޙަމީދު އެދިވަޑައިގެންފިއެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި ޝަރީޢަތުގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ އެ މައްސަލާގައި ސިއްރު ހެކިންގެ ހެކިބަސް ކޯޓުން ހަވާލުކޮށްފައިވަނީ ހަމައެކަނި ދިފާޢީ ވަކީލުންނާ ކަމަށެވެ. އެހެންކަމުން އެ ލިޔެކިޔުންތައް ސޯޝަލް މީޑިއާއަށް ލީކުވީ އެ ވަކީލުންގެ ފަރާތުން ކަމަށް ކަމުގައި ދައުލަތުން ތުހުމަތުކުރެއެވެ.

އެ ލިޔެކިޔުން ލީކުވި މައްސަލަ ބަލައިދިނުމަށް ޕީޖީ އޮފީހުން ފުލުސް އޮފީހުގައި އެދިފައިވާނެ ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ފުލުހުން އެ މައްސަލައާ ގުޅިގެން ޕީޖީއަށް ފޮނުވާފައިވާ ސިޓީއެއް ދައުލަތުގެ ފަރާތުން މިއަދުވަނީ ޝަރީޢަތާ ހިއްސާކޮށްފައެވެ.

މި ތުހުމަތާ ގުޅިގެން މި މައްސަލާގައި ހިމެނޭ އިސްމާއީލު ރަޝީދުގެ ދިފާޢީ ވަކީލު މައުމޫން ޙަމީދު ވިދާޅުވީ އެ ލިޔެކިޔުން ލީކުކުރެއްވި ވަކީލަކީ ކޮބައިކަން ހާމަކޮށްދޭން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދައުލަތުގެ ތުހުމަތުތައް ބަލައިދިނުމަށް މައްސަލަ ބައްލަވާ ޤާޟީގެ ކިބައިންވެސް މައުމޫނު އެދިވަޑައިގަތެވެ.

އަދި ވަކި ބޭފުޅެއް ކަނޑައަޅައި އައްޔަންކުރުމެއް ނެތި އާންމުކޮށް އެފަދަ ތުހުމަތުތައްކުރުމަކީ ވަކީލުކަމުގެ ޕްރޮފެޝަނަލިޒަމް ގެއްލޭ ކަމެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

ދައުލަތުގެ ވަކީލުގެ ތުހުމަތުތައް ސާބިތުނުކުރެވިއްޖެނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުގެ އަމަލެއް ކަމުގައި ބަލައި ވަކީލާމެދު ފިޔަވަޅުއަޅައިދިނުމަށްވެސް ވަކީލު މައުމޫން މިއަދުގެ އަޑުއެހުމުގައި އެދިވަޑައިގެންފައިވެއެވެ.

މި ލިއުމާއި ގުޅޭ