Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު މަހްލޫފް

އަޑުބަރޭ އަށް ފިޔަވަޅު އަޅަން ބުނުމުން މަހުލޫފަށް ވީ ޖޯކަކަށް

އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކަށް ގަސްތުގައި ނުރައްކާތެރި ހަމަލާއެއް ދިން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ (އަޑުބަރޭ) އާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ހާމަކުރައްވައިފިއެވެ.

ސްރީލަންކާގައި ކުރިއަށްދާ މަހިންދްރަ ރާޖަޕަކްސް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ރާއްޖެ ސީޝަލްއާ ދެކޮޅަށް ކުޅުނު މެޗްގައި އެ ޓީމުގެ ކެޕްޓަން ސްޓީވް މެރީގެ މޫނުމަތީ އުޅަބޮނށިން ޖަހާ އަޑުބަރޭ ވަނީ ނުރައްކާތެރި ހަމަލާއެއް ދީފައެވެ. މެޗުގެ އިތުރު ވަގުތުގައި ކުޅެން ނުކުތް އަޑުބަރޭ ގަސްތުގައި އެވަރުގެ ނުރައްކާތެރި ހަމަލާއެއް ދިން ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އެކަމާއި ގުޅުވައި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމް (ދޮން ބިލެތް) މިއަދު ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ފުުޓްބޯޅަ މެޗެއްގައި ހިނގާކަމަކާއި ގުޅިގެން ޔޫތް މިނިސްޓަރުގެ ހައިސިއްޔަތުން ކުޅުންތެރިއަކަށް ފިޔަވަޅު އަޅަން ޖެހުނީމާ އޭނާއަށް އެކަން ވަނީ ޖޯކަކަށް ކަމަށާއި އަޅާ ފިޔަވަޅެއް އަޅާނީ އެފްއޭއެމުން ނޫނީ ފީފާއިން ކަމަށެވެ.

"އެ މަންޒަރު ރަނގަޅެއް ނޫން. އަޑުބަރޭ ކައިރީގައި ފުޓްބޯޅަ ކުޅުން ހުއްޓާލާކަށް ނުބުނާނަން. އަޅުގަނޑު އެފްއޭއެމްގައި ނުބުނާނަން އަޑުބަރޭ ގައުމީ ޓީމަށް ނުނަގާށޭވެސް" އަޑުބަރޭ އާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް އަޅަން ނުނިންމާ ކަން ހާމަ ކުރައްވާ މަހުލޫފް ވިދާޅުވިއެވެ. މިގޮތުން އަޑުބަރޭ ގައުމީ ޓީމަށް ނަގާފައިވަނީ އޭނާ އެދިގެން ނޫން ކަމަށާއި ނުވަތަ މިނިސްޓްރީން އެދިގެން ނޫން ކަމަށެވެ.

މީގެ އިތުރުން ކުޅުން ހުއްޓާލައިގެން ތިން އަހަރެއްހާ ދުވަހު ހުރުމަށް ފަހު އީގަލްސްގެ ޓީމުގައި ހިމެނިގެން މުޅި އަހަރު ދުވަހު އޭނާ ކުޅުނީ ދެތިން މެޗެވެ. އަދި ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޖާމިނުވެ އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރުވާލުމަށް ފަހު އެކަމުގެ އެއްވެސް ޒިންމާއެއް އަޑުބަރޭ އުފުލަން ނުޖެހޭ ގޮތައް ހުރުމުން މިދިޔަ ސާފް ޗެމްޕިއަންޝިޕް ދުވަސް ވަރުވެސް އެމައްސަލަ ވަނީ ހޫނުވެފައެވެ.

މި ލިއުމާއި ގުޅޭ