Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑް މަރު

ކޮވިޑުގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 248 އަށް

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު ވިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި ރޭ މެންދަމު 2:01 ގައި ނިޔާވެފައިވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ.

މި މަރާއިއެކު ކޮވިޑްގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ވަނީ 248 އަށް އިތުރުވެފައެވެ. މިއީ މި މަހުގެ ތެރޭގައި މަރުވި ހަތަރު ވަނަ މީހާއެވެ.

ފާހަގަކުރެވޭގޮތުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ ދުވަސްތަކުގައި މަދުވި ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ. އެހެންވެ އެޗްޕީއޭއިން މިހާރުވަނީ ލުއި ދީފައިވާ ކޮވިޑް ފިޔަވަޅުތައް ހަރުކަށިކުރާނެކަމަށް ބުނެފައެވެ.

މިހާރު ރާއްޖޭގެ ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު ހުރީ 2،201 ގައެވެ. އެގޮތުން ރާއްޖޭގެ ބައެއް ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިތިބި ފަރާތްތަކަށް ކޮވިޑަށް ޓެސްޓް ކުރުމަކާއި ނުލާ ދަތުރު ކުރެވޭ ގޮތަށް ލުއި ދިން ހިސާބުން ފެށިގެން ރާއްޖެ ތެރޭގެ ރަށްރަށުގައި ކޮވިޑު ފެތުރޭ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

އިއްޔެ ވަނީ ރާއްޖެއިން އިތުރު 118 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި 35 މީހުންނާއި އަތޮޅުތެރެއިން ބައްޔަށް ޕޮޒިޓިވްވި 70 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 13 މީހެކެވެ.

މި ލިއުމާއި ގުޅޭ