Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

ދިވެހި ސިފައިންގެ ހުއްދަ ނެތި އިންޑިއާ ހެލިކޮޕްޓަރެއް ރާއްޖޭގެ ރަށަކަށް ޖެއްސި މައްސަލައެއް ފެންމަތިވެއްޖެ

އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އައިއެން-706 ހެލިކޮޕްޓަރު އެމްއެންޑީއެފްގެ ހުއްދައެއް ނެތި ތ.ތިމަރަފުށީގައި ޖެއްސި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާއި ގުޅިގެން ޤައުމީ ދިފާއީބާރުގެ ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ކަނޑުގެ ސިފައިންގެ ކޮމާންޑަރަށް އީމެއިލް މެދުވެރިކޮށް އެގޮތަށް އެފަދަކަންކަން ނުކުރުމަށް އަންގަވާފައެވެ.

17 އޮކްޓޯބަރު 2019 ގައި ކާނަލް ސަލީމް ފޮނުއްވި އީމެއިލްގެ ކޮޕީއެއް "ދިޔަރެސް" އަށް ވަނީ ލިބިފައެވެ. ތިމަރަފުށީ އެއާޕޯޓުގައި ހުއްދަނެތި އިންޑިއާ ސިފައިން ހެލިކޮޕްޓަރު ޖައްސާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުގައެވެ. އެދުވަހު ހެލިކޮޕްޓަރު ދުއްވަން ހުރި ސީނިއަރ ޕައިލެޓް ލެފްޓިނެންޓް ކޮމާންޑަރ ވިނޯދުވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށް ކާނަލް ސަލީމްގެ އީމެއިލްގައި ބުނެފައިވެއެވެ.

އަދި އެގޮތަށް ހެލިކޮޕްޓަރު ޖެއްސުމާއި ގުޅިގެން، އެއާޕޯޓުގެ އޮފިޝަލުން ވަނީ ކޯސްޓްގާޑް އޭވިއޭޝަނަށާއި، އެމްއެންޑީއެފްގެ އިސްވެރިންނަށް ޝަކުވާކޮށްފައިކަމަށެވެ. އަދި އެފަދަ ކަންކަމަކީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށާއި، އަދި އެއިން ސިޔާސީ ހަމަނުޖެހުމެއް އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ކާނަލް މުޙައްމަދު ސަލީމް ފޮނުއްވި މެއިލުގައި ބުނެފައިވެއެވެ.

އެފަދަ ކަންކަން މުސްތަޤުބަލުގައި ތަކުރާރު ނުކުރުމަށް ހާއްސަ ގައިޑްލައިންތަކަކަށް އަމަލު ކުރުމަށް އެމްއެންޑީއެފް އިން ވަނީ އިންޑިއާގެ ކޮމާންޑަރުގެ ކިބައިން އެދިފައެވެ. އެ ގައިޑްލައިން ތަކަކީ:

  • - ހެލިކޮޕްޓަރުގެ އެއްވެސް މޫވްމެންޓެއް ހެދުމުގެ ކުރިން ކޯސްޓްގާޑު އޭވިއޭޝަން ކޮމާންޑަރުގެ ހުއްދަ ކުރިއާލާއި ހޯދަން ޖެހޭނެ
  • - ގަން އެއާޕޯޓުގައި ފިޔަވައި އިތުރު އެއްވެސް އެއާޕޯޓެއްގައި އަދި ރަށެއްގައިވެސް ހެލިކޮޕްޓަރު ޖައްސައިގެން ނުވާނެ
  • - ހެލިކޮޕްޓަރުގެ އެއްވެސް އޮޕަރޭޝަނެއް ހިންގާނަމަ، އެ އޮޕަރޭޝަނެއްގެ 24 ގަޑިއިރު ކުރިން، ކުރިއަށްދާނެ ގޮތުގެ ޝެޑިއުލް އެމްއެންޑީއެފާއި ހިއްސާކުރަން ޖެހޭނެ، އަދި އެއްވެސް ބަދަލެއް ގެންނަނަމަ އެކަން ލިޔުމުން އަންގަން ޖެހޭނެ.
  • - ހެލިކޮޕްޓަރު އެކި ބޭނުންތަކުގައި ބޭނުން ކުރާއިރު ވީހާވެސް ބޮޑަކަށް ދިވެހި ސިފައިން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔުން
  • - ކޮންމެ ތަނަކަށް ހެލިކޮޕްޓަރު ޖެއްސުމަށްފަހުވެސް އޮޕަރޭޝަނުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ

"ދިޔަރެސް" އަށް މައުލޫމާތު ދެއްވި އެމްއެންޑީއެފްގެ އިސް ވެރިއަކު ވިދާޅުވި ގޮތުގައި މި ގޮތަށް ގައިޑްލައިންތަކެއް ހަދާފައި ފޮނުވި ނަމަވެސް އިންޑިއާ ސިފައިން އެއާއި އެއްގޮތަށް އަމަލު ނުކުރާ ކަމަށެވެ. އަދި ދިވެހި ސިފައިން އެއްވެސް ވަރަކަށް ބައިވެރިނުކޮށް އޮޕަރޭޝަން ހިންގަމުންދާކަމަށް ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖޭގައި ދެ ހެލިކޮޕްޓަރު ބޭނުން ކުރަމުންދާއިރު އިންޑިއާ އާއި މިހާރުގެ ސަރުކާރުން ދަނީ އެއީ އިންޑިއާއިން ދީފައިވާ ހަދިޔާތަކެއް ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް އެ ހެލިކޮޕްޓަރުތަކަކަށް އެމްއެންޑީއެފްގެ އެއްވެސް ބާރެއް ނުހިންގާކަން ކާނަލް ސަލީމްގެ އީމެއިލްއިންވެސް އެނގެއެވެ. އަދި އެ ދެ ހެލިކޮޕްޓަރާއި ގުޅޭ އެއްބަސްވުމުގައި ވާގޮތުން ހެލިކޮޕްޓަރުގެ ކޮމާންޑަރަކީ އިންޑިއާ ސިފައިންގެ މީހެކެވެ. އަދި އޭނާ ޖަވާބުދާރީވާން ޖެހެނީ އެވަގުތަކު ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރަށެވެ.

ތިމަރަފުށީ އެއާޕޯޓުގައި އިންޑިއާ ހެލިކޮޕްޓަރު ޖެއްސުމާއި ގުޅޭގޮތުން ސުވާލު ކުރުމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވ އެކަމާއި ގުޅޭ މައުލޫމާތު އެ ބޭފުޅާއަށް ލިބިފައި ނުވާކަމަށެވެ.

މި ލިއުމާއި ގުޅޭ