Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑޮނަލްޑް ޓްރަމްޕް

ކޮންގުރެސްގެ ހުރުމަތަށް އަރައިގަތްކަމުގެ ތުހުމަތުގައި ޓުރަމްޕުގެ ކުރީގެ މުޝީރަކަށް ދައުވާކޮށްފި

އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ހުންނަ ކެޕިޓަލްއަށް މި އަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހު ދިން ހަމަލާ ތަހުގީގުކުރުމަށް އެ މަޖިލީހުން އެކުލަވައިލި ކޮމިޓީއަށް އެއްބާރުލުން ނުދިން ކަމުގެ ތުހުމަތުގައި އެ ޤައުމުގެ ކުރީގެ ރައީސް ޑޮނާލްޑު ޓުރަމްޕުގެ ސިޔާސީ މުޝީރުގެ މަޤާމު އަދާކުރެއްވި ސްޓީވް ބެނަންގެ މައްޗަށް ދައުވާކުރަން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބު ތަސްދީގުވިޔަ ނުދިނުމަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ކޮންގުރެސްގެ ތިރިގެ ހައުސް އޮފް ރިޕްރެޒެންޓާޓީވްސްގެ ކޮމިޓީއަށް ހާޒިރުވާން އެންގުމުން ބެނަން ހާޒިރުވެވަޑައިނުގެންނެވިއެވެ. އަދި އެ ހަމަނުޖެހުންތަކާ ގުޅޭ ބައެއް ލިޔެކިޔުން ހުށަހަޅަން އެންގުމުން އެކަން ކުރެއްވުމަށްވެސް އޭނާވަނީ އިންކާރުކުރައްވާފައެވެ.

މި ދައުވާކުރުމަށް ނިންމާފައިވާއިރު ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްއިން ގެންދަނީ މި ހަމަނުޖެހުންތައް ހިނގި ދުވަހާއި އޭގެ ކުރީ ދުވަހުގައި ރައީސް ޓްރަމްޕު އަމަލުކުރެއްވި ގޮތް އެނގިވަޑައިގަންނަވާނެ އޭނާގެ އެހީތެރިންގެ ކިބައިން މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ބެނަންގެ މައްޗަށް އުފުލާ ދެ ދައުވާ ސާބިތުވެއްޖެނަމަ 1،000 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް 1 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް އަދި ކޯޓަށް ބެނަން ހާޒިރުވެވަޑައިގަންނަވަންޖެހޭ ތާރީޚެއް ކަނޑައަޅާފައިނުވާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓުމެންޓުން ބުނެފައިވެއެވެ.

މި ތަހުގީގުގައި ޓްރަމްޕުގެ މުޝީރުންނާއި އެހީތެރިންގެ ތެރެއިން ޤައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަޤާމު އަދާކުރެއްވި މައިކަލް ފްލީންއާއި ސެޓެފަން މިލާއާއި ވައިޓްހައުސްގެ ކުރީގެ ތަރުޖަމާން ކޭލީ މެކްއެނަނީ ހާޒިރުކުރުމަށާއި އެ ފަރާތްތަކުގެ އަތުން މައުލޫމާތު ހޯދަން ކޮންގުރެސްއިންވަނީ ނިންމާފައެވެ.

މި ލިއުމާއި ގުޅޭ