Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު މިސްކިތް

ހުކުރު މިސްކިތުގެ ހާލަތު ބަލަން އިންޑިޔާ ބަޔަކު އަންނަނީ

މާލޭގައި ހުންނަ ހުކުރު މިސްކިތުގެ ހާލަތު ބަލާ ސާވޭ ކުރުމަށްޓަކައި އިންޑިޔާގެ އާކިއަލޮޖިކަލް ސާވޭ ޓީމެއް މި މަސްތެރޭ ރާއްޖެ ޒިޔާރަތް ކުރަން ނިންމައިފިއެވެ.

މިގޮތުން ދާދިފަހުން ކަރަންޓު ޝޯޓެއްގެ ސަބަބުން ހުކުރު މިސްކިތުގައި ހިނގާދިޔަ ހާދިސާގައި ލިބުނީ ބޮޑު ގެއްލުމެއްކަން ފާހަގަ ކުރައްވާ ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު ވިދާޅުވީ ތާރީހީ ސަގާފީ ތަރިކައަކަށް ކުޑަ ގެއްލުމެއް ލިބުނަސް އެކަން ވާނީ އިޔާދަނުކުރެވޭނެ ފަދަ ގެއްލުމަކަށް ކަމަށެވެ.

"މި މަހުގެ ތެރޭގައި އިންޑިއާގެ އާކިއަލޮޖިކަލް ސާވޭ ޓީމެއް އަންނާނެ އެ މިސްކިތުގެ ހާލަތު ބަލައި އަދި އެކަމާ ބެހޭ އަމަލީ މަސައްކަތް ކުރުމަށް"
ތޯރިގު

ކަރަންޓު ޝޯޓެއްގެ ސަބަބުން ހުކުރު މިސްކިތުގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން ހުކުރު މިސްކިތަށް އަލުން ކަރަންޓު ދެވިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ އެއްބާރުލުމާއެކު ކަމަށާއި ކަރަންޓުގެ މުޅި މައްސަލަ ހައްލުކުރުމަށް މިސްކިތުގެ ވަޔަރިން އެއްކޮށް ބަދަލުކުރުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅޭ ކަމަށް ވެސް ރޭގެ ޕްރޮގްރާމުގައި ތޮރިގް ވަނީ ހާމަކުރައްވާފައެވެ.

ހުކުރު މިސްކިތް މަރަމާތުކުރުމަށާއި އެތަނުގެ އާބާތުރަ ފިލުވުމަށް އިންޑިއާއިން އެހީތެރިވުމަށް މީގެ ކުރިން ވަނީ ނިންމާފައެވެ. މިކަމަށް އިންޑިއާ ސަރުކާރުން އެއްބަސްވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މި ލިއުމާއި ގުޅޭ