Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމްދީން

އަދުލުވެރިކަމެއް ނެތް މުޖުތަމައެއްގައި ހެޔޮކަމެއް ނޯންނާނެ: ހުތުބާ

އަދުލުވެރިކަން ނެތް މިޖުތަމައެއްގައި ހެޔޮކަމެއް ނޯންނާނެ ކަމަށާއި އިންސާފާއި ހަމަހަމަކަން ނެތް މުޖުތަމައެއްގައި ސުލްހަވެރިކަމެއް ނޯންނާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިހަފްތާގެ ހުކުރު ދުވަހުގެ ހުކުރު ހުތުބާ ހާއްސަ ކޮށްފައިވަނީ ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމުގެ މައްޗަށެވެ. މިގޮތުން ހެޔޮލަފާ މުޖުތަމައެއް ބިނާ ކުރުމުގައި ޒުވާނުންގެ ދައުރަށް ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މިއަދުގެ ހުކުރު ހުތުބާގައި އަލި އަޅުވާލާފައެވެ.

އެގޮތުން ޒުވާނުންނަކީ މި ޤައުމުގެ އުންމީދު ކަމުގައި ބަޔާންކޮށް ހުތުބާގައި ބުނެފައިވަނީ ކޮންމެ ޒުވާނަކަށް ލިބޭ ދެރައަކީ ނުވަތަ ހިތާމައަކީ އެކަމުގެ މައްޗަށް މުޅި ޤައުމު ހިތާމަ ކުރާނެ ކަމެއްކަމަށާއި އިސްލާމްދީން ވެސް ވަނީ ޒުވާނުންނަށް ތައުރީފު ކޮށްފައި ކަމަށާއި ޒުވާނުންނަށް އިސްލާމް ދީން ވެސް މަތިވެރި މަގާމެއް ދީފައިވާކަމަށެވެ.

މީގެ އިތުރުން ހެޔޮގޮތުގައި ތަރުބިއްޔަތު ވެގެން މާތް ﷲ އަށް އަަޅުކަން ކުރުން މަތީ ދެމިހުންނަ ޒުވާނާއަށް ޤިޔާމަތް ދުވަހު މާތް ﷲ ގެ އަރުޝީގެ ހިޔާވަހިކަން ދެއްވާނެކަމަށާއި ހަށިގަނޑުގެ ގޮތުން ބަލިކަށި މުއުމިނަކަށްވުރެ، ހަށިގަނޑުގެ ގޮތުން ވަރުގަދަ މުއުމިނާ ދެކެ މާތް ﷲ ލޯބިވެވޮޑިގެންވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބަޔާންކޮށްފައެވެ.

މިހެންކަމުން ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި، ޝަރުޢީ ގިއުގަނޑުގެ ތެރޭގައި، ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުމަކީ އިސްލާމްދީން މަނާ ކުރާ ކަމެއް ނޫންކަން ބަޔާން ކުރައްވާ ހުތުބާގައި ވަނީ އެކަންކަމަށް ހިތްވަރު ދެއްވާފައެވެ. ހަމަ އެފަދައިން އިސްލާމީ ގިއުގަނޑުގެ ތެރޭގައި އުފާ ފާޅު ކުރުމާއި، ދަތުރު ދިޔުމާއި، ޙަފްލާތައް ބޭއްވުމަކީ ދީން މަނާ ކުރާ ކަމެއް ނޫން ކަމަށާއި ކީރިތި ރަސޫލާ (ޞޢވ) ގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ވަނީ މިކަންކަމުން ނަމޫނާ ދައްކަވައިފައެވެ. އެކަލޭގެފާނު އުފާ ފާޅު ކުރެއްވިކަން ވަނީ ހަނދުމަކޮށްދީފައެވެ.

އަދި ޒުވާނުންނަށްވާ އެކަލޭގެފާނު އެއްވެސް ކަމެއްގައި ދުވަހަކު ވެސް އިތުރުފުޅެއް ނުހައްދަވާ ކަމަށާއި ހުތުރު ބަސްފުޅެއް ވިދާޅުނުވާ ކަމަށާއި އަދި ޔާނުދާ އަދި ބޭއަދަބީ ކަމަކަށް ފުރުސަތު ނުދެއްވާކަން ފާހަގަ ކުރައްވާ މުންކަރާތްތައް ނަހީކޮށް ހެޔޮކަންކަމަށް އަމުރުކުރުމަށް ވަނީ ގޮވާލާފައެވެ. މުންކަރާތްތައް މަނާ ކުރުމުގައި މީހުން ބަދުނާމުކޮށް، އެމީހުންގެ އާއިލާއަށް މަލާމާތް ރައްދުކޮށް، ފަޟީޙަތް ކުރުމަކީ ކީރިތި ރަސޫލާ (ޞޢވ) މަނާކުރައްވާފައިވާ ކަންކަމެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ތަކުރާރުކޮށް ރާބުއިމުގެ ސަބަބުން ރާބުއިމުގެ ސަބަބުން ހާޟިރު ކުރެވުނު މީހުންނަށް އަދަބު ދެމުން ދަނިކޮށް، މީހަކު އޭނާއަށް ލައުނަތްދީ މަލާމަތް ކުރި މައްސަލައިގައި ރަސޫލާ (ޞޢވ) އެކަން މަނާ ކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ