Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)

އިންޑިއާއިން ދިނީ ހިލޭ އެހީއެއް ނޫން، ޖެއްސީ ދަންތުރައެއްގައި: ޓޮމް

އިންޑިއާއިން މިދިޔަ އަހަރު ރާއްޖެއަށް ދޭން ވައުދުވި ހިލޭ އެހީ ދީފައި ނުވާކަމަށާއި އޭގެބަދަލުގައި ޖެއްސީ ދަންތުރައެއްގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަޖެޓް ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ މި ސަރުކާރުން ޖަހާ ހިސާބުތައް ދިމާނުވާ ކަމަށާއި މި އަހަރުގެ ބަޖެޓު މިދިޔަ އަހަރު ހުށަހެޅި އިރު އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި 150 މިލިއަން ޑޮލަރާއި ކަރަންސީ ސްވޮޕަށް ދައްކަން ޖެހޭ 150 މިލިއަން ޑޮލަރު މާފުކޮށްދޭނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޭރު ވިދާޅުވި ނަމަވެސް އެއަދަދަށް ފައިސާ ބަޖެޓަށް ނުލިބޭކަމަށެވެ.

އެގޮތުން ޓޮމް ވިދާޅުވެފައިވަނީ މިދިޔަ އަހަރު ހުށައެޅި މި އަހަރުގެ ބަޖެޓަށް 300 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ހިސާބު ފޮތުން ފެންނަކަމަށާއި ނަމަވެސް ހިލޭ އެހީގެ ގޮތުގައި ލިބުނީ 73 މިލިއަން ރުފިޔާކަމަށެވެ.

މީގެއިތުރުން ޓޮމް ވިދާޅުވީ އިންޑިއާއިން ހީލޭ އެހީގެ ގޮތުގައި ދޭން ބުނި އަދަދަށް ނުދީ، އެގައުމުން ބޭނުންވާ ހުރިހާ ކަމެއް މިހާރު ކޮށްފައިވާކަމަށާއ އެގައުމުން ބޭނުންވާ ހުރިހާ އެއްބަސްވުންތަކުގައި މިހާރު ސޮއިކޮށް ނިންމާފައިވާކަމަށެވެ.

ޓޮމް ވިދާޅުވީ އިންޑިއާއިން ކުރިއަށް އޮތް ދެ އަހަރު ރާއްޖެއަށް އަޅާނުލާނެކަމަށާއި އަޅާލަން ޖެހޭ އެއްވެސް ސަބަބެއްވެސް މިހާރު ނެތް ކަމަށެވެ. އެގޮތުން ޓޮމް ވިދާޅުވީ އެމީހުން ބޭނުންވި ހުރިހާ އެއްބަސްވުންތަކުގައި މިހާރު ސޮއިކޮށްފިއިވާކަމަށެވެ.

މި ލިއުމާއި ގުޅޭ