Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ރާއްޖެ ކުޅޭ ހުރިހާ މެޗެއް މާޓީވީން ބަލައިލެވޭނެ

"މަހިންދަ ރާޖަޕަކްސަ ޓްރޮފީ" ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ހުރިހާ މެޗެއް މާޓީވީއިން ދައްކާނެ ކަމަށް އެޓީވީ ބެހެއްޓި ކުންފުނި ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނިގޮތުގައި މި މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި އެ ކުންފުނީގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ސްކޯ ދިމާކުރާ ފަސް މީހަކަށް ހާއްސަ އިނާމުތަކެއް ދޭ ޕްރޮމޯޝަނެއް ވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.

އެގޮތުން ސްޓެލްކޯގެ އެ ޕްރޮމޯޝަންގެ ދަށުން ސްކޯ ދިމާކޮށްގެން ކުންފުނީގެ ގްރީންލައިފް ޕްރޮޑަކްޓްސްތަކުގެ ތެރޭގައި ހިމެނޭ ރީޔޫސަބަލް ފުޅިއާއި، ޓޯޓްބޭގުގެ އިތުރުން ކަރުދާސް ކޮތަޅު ހިމެނޭ ގިފްޓް ޕެކެއް ލިބޭނެކަމަށްވެސް އެ ކުންފުނިން މައުލޫމާތުދީފައިވެއެވެ.

ފާހާގަކޮށްލެވޭގޮތުގައި މީގެ ކުރިން ވެސް ރާއްޖޭގެ ގައުމީ ޓީމުން ކުޅޭ މެޗުތައް މާޓީވީއިން ދައްކައެވެ. އެގޮތުން މާޓީވީއިން މެޗު ބެލުމަށް އުސްފަސްގަނޑު ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން ޖަމާވެއެވެ.

ރޭ ފެށުމަށް ހަމަޖެހިފައިވާ "ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ" މުބާރާތް ލަންކާއަށް ވިއްސާރަވުމުގެ ސަބަބުން މިއަދަށް ވަނީ ފަސްކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ-ލަންކާއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިގޮތުގައި މިއަދު ހަވީރު ރާއްޖެ ގަޑިން 3:30 ގައި މުބާރާތް ފަށާނެއެވެ.

މި ލިއުމާއި ގުޅޭ